Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

4 ޤައުމެއްގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް މީހުން ރަޖިސްޓްރީ ނުވޭ: އީސީ

4 ޤައުމެއްގައި ވޯޓުފޮށި ބެހެއްޓޭ ވަރަށް މީހުން ރަޖިސްޓްރީ ނުވޭ: އީސީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރީ-ރެޖިސްޓްރޭޝަން ކުރުމުގެ ސުންގަޑި މިއަދުގެ ނިޔަލަށް ހަމަވާއިރު ރާއްޖޭން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ 4 ގައުމެއްގައި ކަމަށާއި އަނެއް 4 ގައުމުގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރީ-ރެޖިސްޓްރީކޮށްފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ މިހައިތަނަށް ވޯޓު ފޮށި ރާއްޖެއިން ބޭރުގައި ބެހެއްޓޭކަން ކަށަވަރުވެފައިވަނީ މެލޭޝިއާ، އިނގިރޭސިވިލާތް، އިންޑިއާ އަދި ސްރީލަންކާގައި އެކަނި ކަމަށެވެ. އަދި ސިންގަޕޫރާއި، ޖަޕާނާއި، އަބޫދާބީ އަދި ތައިލޭންޑުގައި ވޯޓުފޮށި ބެހެއްޓެވަރަށް ވޯޓުލާ މީހުންގެ އަދި ރަޖިސްޓަރ ވެފައިނުވާކަމަށެވެ.

https://twitter.com/ismailhabeeb/status/1686412751877681152?s=46&t=_FAyF1F8A2e3YYZStOojPw

Advertisement
HDC — Sidebar (box)

އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރުމުގެ ސުންގަޑި މިއަދު ހަމަވާނެތީ، އެންމެ ފަހު ވަގުތާޖެހެންދެން ނުތިއްބަވައި، ވީހާވެސް އަވަހަކަށް ރީ-ރެޖިސްޓްރީ ކުރެއްވުމަށް ހަބީބުވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް