Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕީޕީއެމްއިން ކޮންމެ ކެންޑިޑޭޓަކު ނެރުނަސް އަނިޔާވެރިވާނެ: ރައީސް ޞާލިޙް

ޕީޕީއެމްއިން ކޮންމެ ކެންޑިޑޭޓަކު ނެރުނަސް އަނިޔާވެރިވާނެ: ރައީސް ޞާލިޙް
ޕީޕީއެމްގެ ސިޔާސަތަކީ އަނިޔާވެރިވުން ކަމަށާއި, ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ކޮންމެ ކެންޑިޑޭޓަކު ނެރުނު ކަމުގައި ވިޔަސް, އަނިޔާވެރިވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙު މިހެން ވިދާޅުވީ, ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕީޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ, ރައީސް ޔާމީން ޖަލު ޙުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާތީ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސްއިން ވަނީ ނިންމާފައެވެ. އެމައްސަލަ މިހާރު އޮތީ ސްޕްރީމް ކޯޓުގައެވެ. ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ, ރާއްޖެއަށް ބޭނުންވަނީ ހަމަޖެހުން ކަމަށާއި, އިޤްތިޞާދީ މަންފާ ލިބޭނީ އޭރުން ކަމަށެވެ. އަދި ރާއްޖޭ މިދިޔަ ފަސް އަހަރު ތަރައްޤީ ވެފައިވުމުގެ ސިއްރަކީ ވެސް ހަމަޖެހުން ކަމަށް ވިދާޅުވިއެވެ. "އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާނެ ސިޔާސީ ހަމަޖެހުން ނެތިއެއް. އެންމެ ފުރަތަމަ ކުރަންވީ ހަމަކީ އެއީ. ހަލަބޮލި ކަމާއި, ސިޔާސީ ދެކޮޅުވެރިކަމުން ދުރަށް ދިއުން." ރައީސް ވިދާޅުވިއެވެ.
މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން އައީ މިގޮތަށް. އެހެންވެ މިއަދު ރާއްޖޭގެ ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ބާރަށް ކުރިޔަށް އެދަނީ.
ރައީސް ވިދާޅުވީ ހަމަޖެހުން މުހިންމު ކަމަށާއި ނަމަވެސް, ޕީޕީއެމްގެ ސިޔާސަތު "އަޅުގަނޑުމެންނަށް ވަރަށް ސާފު" ކަމަށެވެ. އެއަށްފަހު، ނިމިދިޔަ ޕީޕީއެމްގެ ވެރިކަމުގައި ރާއްޖޭގެ ކަން ހިނގާ ދިޔަގޮތް ގޮތް އެމަނިކުފާނު ވިދާޅުވިއެވެ. "ޕީޕީއެމް އިން ކޮންމެ މީހަކު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތް ނަމަވެސް ތަންފީޒް ކުރާނީ ޕީޕީއެމްގެ ސިޔާސަތު. އެ ސިޔާސަތު އަޅުގަނޑުމެންނަށް ވަރަށް ސާފު" ރައީސް ވިދާޅުވިއެވެ. "އެއްވެސް ކަމެއް ސަރުކާރަކަށް އެ ދުވަހަކު ނުކުރެވޭ ހިޔާލު ތަފާތުވާ މީހަކު ޖަލުގައި ބައިންދައިން ނޫނީއްޔާ. ބިރުވެރިކަމެއްގައި ރައްޔިތުން ތިބެން ޖެހުނީ. އަނގައިން ބުނާ ކޮންމެ މީހަކު، ކޮންމެ ނޫސްވެރިއަކު، ކޮންމެ ޓީވީ ޗެނަލެއް ޖޫރިމަނާ ކުރަމުން ދިޔައީ،" "މި ސަރަހައްދުގެ މީހުން ގިނަ އުންމީދުތަކެއް ކުރި, މި އަންނަނީ ބޮޑު ބަދަލެއް ކަމަށް. ދަތުރުފަތުރު ފަސޭހަ ވެގެންދާނެ ކަމަށް. ނަމަވެސް އެއަޅާލި ތާރުކޮޅާއެކު, އެެއަރޕޯޓެއްގެ ނަމުގައި މިތަން ހިންގަމުން ދިޔައީ. އެއްވެސް ބަދަލެއް މިއަދާ ހަމައަށް ނާދޭ" ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު, ހުރިހާ ޕާޓީއަކުން ވެސް ދަނީ ވަރަށް ފޯރީގައި ކެންޕެއިން ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް