ޚަބަރު ސިޔާސީ

މުއިއްޒުގެ ރަނިން މޭޓަކީ މެމްބަރު ހުސައިން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް ޔާމީންގެ ކެނޑިޑެސީ އަޑުއެހުމަށް ޑރ. މުއިއްޒު، މެމްބަރު ހުސައިން އަދި ތޯރިގު ސުޕްރީމް ކޯޓަށް ވަޑައިގެން

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ހަމަޖައްސަން ނިންމައިފި އެވެ.

Ads by STELCO

މިކަން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް އިތުބާރު ހުރި ސޯސްއަކުން މިކަން ވަނީ މެމްބަރު ހުސައިން ރަނިންމޭޓުގެ ގޮތުގައި ކަނޑައެޅުމަށް އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަން ކަށަވަރުވެފަ އެވެ.

މުއިއްޒު އަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ތިންވަނަ އިހުތިޔާރެވެ. ފުރަތަމަ އިހުތިޔާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. އަދި ދެވަނަ އިހުތިޔާރަކަށް ދާނީ ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއް އައިސްފިނަމަ އެވެ. އެހާލަތުގައި ނިކުންނަވާނީ ޕީޕީއެމްއިން ކަނޑައަޅާ ކެނޑިޑޭޓެކެވެ. ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުއިއްޒު ކޯލިޝަންގެ ކެނޑިޑޭޓަކަށް ވެވަޑައިގަންނަވާނީ ޕީޕީއެމްއަށްވެސް އެފުރުސަތު ނުލިބިއްޖެނަމަ އެވެ.

އެހެންނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ޑރ. މުއިއްޒުގެ ފަރާތްޕުޅުން ކެނޑިޑެސީ ފޯމު ހުށަހަޅަން ދަނީ މަސައްކަތް ކުރަމުންނެވެ. ރަނިންމޭޓުގެ ގޮތުގައި ހުސައިން ހަމަޖެއްސީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ޑރ. މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވީ ޕީޕީއެމްގައި ހުންނަވާފައި ޕީއެންސީއަށް ސޮއި ކުރައްވައި ކައުންސިލްގައި ނެގި ވޯޓުގެ މެޖޯރިޓީ ހޯއްދަވައިގެންނެވެ. އެވޯޓުގައި މުއިއްޒުއަށް 25 ވޯޓު ލިބިލެއްވިއިރު ވާދަކުރެއްވި އަނެއް ކެނޑިޑޭޓު އާދަމް ޝަރީފު އުމަރަށް ލިބިލެއްވީ 23 ވޯޓެވެ.

މުއިއްޒުގެ ކެނޑިޑެސީ ފޯމު އީސީއަށް ހުށަހެޅި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން ބުރަވަނީ ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއް އައިސްފިނަމަ ޕީޕީއެމްއިން ކަނޑައަޅާ ކެނޑިޑޭޓަކަށް ތާއީދު ކުރާށެވެ. މިހާލަތު މެދުވެރިވެއްޖެނަމަ ޕީޕީއެމް ޕީއެންސީގެ އާންމު މެމްބަރުންގެ ވޯޓުތައް ދެބަޔަކަށް ބެހުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

Ads by Ooredoo
  1. ެައަބްދޫ

    ގިނަމީހުންގެ ސަޕޯޓް އޮތީ މުއިެްޒު ސަހީމް