ޚަބަރު ސިޔާސީ

ޖުޑިޝަރީ ބޭނުންކޮށްގެން އަޅުގަނޑުގެ ހައްގު ނިގުޅައިގެންފި: ރައީސް ޔާމީން

އާއިޝަތު ނަޖާ ، ދެން އޮންލައިން

ޖުޑިޝަރީ ބޭނުންކޮށްގެން އެމަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސެޕްޓެމްބަރ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލް ގައްޔޫމަށް ކުރިމަތިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ސްޕްރީމް ކޯޓުން ހުކުމް ކުރުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގެ ފަރާތުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން މިއަދު ގައުމަށް ދެއްވާ މެސެޖަކީ ޖުޑިޝަރީ ތެރެއިން ޖުޑިޝަރީ ބޭނުންކޮށްގެން އެޑްމިނިސްޓްރޭޓް ޖަސްޓިސް ބޭނުންކޮށްގެން އެމަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމެވެ.

ގާނޫނު އަސާސީ 56 މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުގެ ހައްގުނުދީ އެ މަނިކުފާނުގެ އަސާސީ ހައްގުތައް ރާއްޖޭގެ ޖުޑިޝަރީ ބޭނުންކޮށްގެން މިއަދު ނިގުޅައިގެންފައިވާ ކަމަށް ޔާމީން ވިދާޅުވިކަމަށް ޖަމީލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް މިދިޔަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ ކެންޑިޑެސީ ފޯމް ވަނީ ބޭރުކޮށްލައިފައެވެ.ރައީސް  ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވުމާއި އެމަނިކުފާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ނެރުއްވި ރައުޔުގައި ވިދާޅުވީ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމަށް ހައި ކޯޓުން އަމުރުކޮށްފައި ނެތުމުން ޔާމީން އިންތިހާބަށް ކުރިމަތިލެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވި އިރު، ދައުލަތަށް ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަން ސާފުކޮށް އެނގޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.

އެ ސަބަބަށްޓަކައި ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ހުށަހެޅި ހުށަހެޅުން ގަބޫލު ކުރެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނާ އެއްގޮތަ ކަމަށް ދެކޭ ކަމަށް ހުސްނު ސޫއުދު ނެރުއްވި ރައުޔުގައި ވިދާޅުވެފައިވެއެވެ.

Ads by Ooredoo
  1. އިސްތިއުނާފުގެ ހައްޤާއި އަސާސީ އިންސާނީ ހައްޤު ޔާމީނުގެ ކިބައިން ނުގުޅައިގެންފައިވާތީ ސުޕްރިމް ކޯޓް ފަޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުޤީޤް ހިންގަން އައިސީޖީ އަށް ހުށަހަޅަން އިންސާނީ ހައްޤު ހިމާޔަތްކިރާ ޖަމާއަތްތަކަށް ގޮވާލަން !