ޚަބަރު ސިޔާސީ

ރައީީސް ޞާލިޙަކީ ޓެސްޓުން ފާސްވެފައިވާ ޕްރޮޑަކްޓެއް: ސިޔާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަކީ ޓެސްޓުކޮށް، އެ ޓެސްޓުން ފާސްވެފައިވާ "ޕްރޮޑަކްޓް"އެއް ކަމަށް އެމަނިކުފާނާއިއެކުގައި، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނަ އެމްޑީއޭގެ ލީޑަރު، އަޙްމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ސިޔާމް މިފަދައިން ވިދާޅުވެފައި ވަނީ، ރޭ ދ.ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ދ.މީދޫ ދާއިރާގެ މަޖިލިސް މެމްބަރުކަން ވެސް ކުރައްވާ ސިޔާާމް ވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފު ވެސް ކުރައްވައިފައެވެ.

"އަޅުގަނޑުމެން، އެ ޕްރޮޑަކްޓް ރަނގަޅު ގޮތުގައި، އާދެ، އަޅުގަނޑުމެން، ރައީސުލްޖުމްހޫރިއްޔާ، ވިއްކަން މި ކުރާ މަސައްކަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ކުރާ މަސައްކަތް." އޭނާ ވިދާޅުވިއެވެ.

ސިޔާާމް ވަނީ ރައީީސް ޞާލިޙު ހޮވަން މަސައްކަތް ކުރާ ސަބަބު ވެސް ވިދާޅުވެދެއްވައިފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 20 އަހަރު މަސައްކަތް ކުރިއިރު، ކުޑަހުވަދޫ ހިމެނޭހެން ދ.އަތޮޅުގެ ރަށްތަކުގެ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުގައި ދަންނަވަމުން އައި ނަމަވެސް، އޭގެ އެންމެ އިންސައްތައެއްވެސް ހާސިލު ކޮށް ނުދޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުން އެދޭ ކަންކަމުގެ އެންމެ އިންސައްތައެއް ވެސް ހާސިލު ނުކޮށްދެވެއެވެ.

ސިޔާާމް އިތުރަށް ވިދާޅުވީ ރައީސް ޞާލިޙު ތަފާތު ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަމަށްވުރެ އިތުރަށް ވެސް، އެމަނިކުފާނު ކަންކަން ކޮށްދެއްވާ ކަމުގައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!