Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ކިތަންމެ އުސް އިމާރާތެއް އެޅިޔަސް، އުފާވެރިކަން ނެތްނަމަ، ނުރަނގަޅު އަސަރު ކުރާނެ: ރައީސް

ކިތަންމެ އުސް އިމާރާތެއް އެޅިޔަސް، އުފާވެރިކަން ނެތްނަމަ، ނުރަނގަޅު އަސަރު ކުރާނެ: ރައީސް

ސަރުކާރުން ކިތަންމެ އުސް އިމާރާތްތަކެއް އެޅިޔަސް، ރައްޔިތުންގެ މެދުގައި އުފާވެރިކަން ނެތް ނަމަ، އެކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ގދ.ފިޔޯރީގައި މިއަދު ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ޞާލިޙު ވިދާޅުވީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމަކީ އެކި ޕްރޮގްރާމްތަކުގެ މައްޗަށް ސަރުކާރުން ކުރިއަށް ގެންދާ ނިޒާމެއް ކަމަށެވެ.

އެކި ކެޓެގަރީތަކުން އިޖްތިމާޢީ އެހީ ދެވޭ މިންވަރު އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ބަދަލު ކުރެވިފައިވާކަން ވެސް ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

Advertisement
Ooredoo — Square (box)

"ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން ފްރޭމް ވޯކެއް ވަނީ، ތަންފީޒު ކުރަން ފަށާފައި. އެގޮތުން އަޅުގަނޑުމެން ވާނީ، އިޖްތިމާއީ ރައްކާތެރިކަމަކީ އިންސާނީ ޙައްޤެއްގެ ގޮތުގައި ބަލައިގަނެ، އެކަން ހުރިހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ސިޔާސަތެއް ކަނޑައަޅާފައި." ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މުޖްތަމަޢުގައި އިޖްތިމާޢީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވާ ޖަމިއްޔާތަކަށް ޑިރެކްޓް ސަބްސިޑީ ދޭން ސަރުކާރުން ނިންމަވައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ކޮންމެ 1،000 މީހަކަށް އިޖްތިމާޢީ އެހީތެރިޔަކު ކަނޑައެޅުމަށް ވެސް ނިންމައިފައިވާ ކަމަށެވެ.

 

 

ެ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް