ޚަބަރު ސަރުކާރު ސިޔާސީ

ރައީސް ކޮލަމާފުއްޓަށް ވަޑައިގަތުމުގެ ކުރިން، ފުލުހުން ޕީޕީއެމްގެ ބެނާތައް ނަގައިފި

އާއިޝަތު ނަޖާ ، ދެން އޮންލައިން

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގއ.ކޮލަމާފުއްޓަށް ވަޑައިގަތުމުގެ ކުރިން، އެ ރަށުގެ ޕީޕީއެމް ސަޕޯޓަރުން ދެމި ބެނާތައް ފުލުހުން ނަގައިފިއެވެ.

Ads by Hajj Corporation

ު"ދެން" އަށް މައުލޫމާތު ދެމުން އެ ރަށުން ވާހަކަ ދެއްކި މީހާ ބުނީ ރައީސް ކޮލަމާފުއްޓަށް ވަޑައިގަތުމާއި ދިމާކޮށް ޕީޕީއެމް އިން ވަނީ ބަނދަރު ސަރަހައްދުގައި ބެނާތަކެއް ދަމާފައި ކަމަށެއެވެ. ނަމަވެސް އެސްއޯ ފުލުހުން ވަނީ ބަނދަރު މަތީގައި ހުރި ބެނާތައް އެއްވެސް އިންޒާރެއް ނެތި ނަގައިފައެވެ.

ރައީސް ޞާލިޙު ގއ.އަތޮޅާއި ގދ.އަތޮޅަށް އަންގާރަ ދުވަހު ފެއްޓެވި ދަތުރުފުޅާއި ދިމާކޮށް ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ދެ އަތޮޅަށް ގޮސްފައެވެ.

އަންގާރަ ދުވަހު ރައީސް ވަޑައިގެންނެވި ރަށްރަށަށް ވެސް އެމަނިކުފާނު ވަޑައިގަތުމުގެ ކުރިން ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ޕީޕީއެމް ސަޕޯޓަރުންގެ ސުލްހަވެރި އިޙްތިޖާޖްތަކަށް ހުރަސްއަޅައި ގިނަ އަދަދެއްގެ ރައްޔިތުން ހައްޔަރުކޮށްފައެވެ.

ފުވައްމުލައް ސިޓީގައިޔާއި އަދިވެސް އާބާދީ ކުޑަ ރަށްރަށުގައި ވެސް އިދިކޮޅުން ދަމާފައި ހުރި ބެނާތައް ފުލުހުން އެއްވެސް އިންޒާރެއް ނެތި ކަނޑަމުން ދާތީވެ ގިނަ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ރައީސް ޞާލިޙު ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަމުން ދިޔުމާއި ގުޅިގެން އެމަނިކުފާނުގެ ދަތުރުފުޅުތަކާއި ދިމާކޮށް ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ވެސް އިދިކޮޅުގެ ފަރާތްތަކުން އަންނަނީ އިދިކޮޅުގެ ލީޑަރު ރައީސް  ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވައިލައި އިޙްތިޖާޖް ކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ރައީސްގއ ދަތުރުފުޅުތަކާއި ދިމާކޮށް އިހްތިޖާޖްތައް ކުރަމުންދާތީ، ހޯމް މިނިސްޓަރު އިމްރާން  އާއި އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް އިންޒާރު ދެއްވާފައިވުމުން މިއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަން ގަސްތުގައި ކުރަމުންދާ ކަމެއްކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!