ޚަބަރު ސިޔާސީ

މި ގޮތްކުޑަ، މުޑުދާރު ވެރިކަން ނިންމާނަން: އިންތި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ، ގޮތްކުޑަ، މުޑުދާރު ސަރުކާރެއް ކަމަށާއި، މިވެރިކަން އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ނިންމާނެ ކަމަށް ރައްޔަތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޑިމޮކްރެޓްސްއިން ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ސަރުކާރަށް ފާޑު ކިޔައި، އަޑު އުފުލުމުގެ ފުރުސަތު ނުދޭ ކަމަށް ވިދާޅުވެ، އިންތި ފާޑު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ވެރިންނަކީ ރައްޔިތުން ކާންދީ، ބޯންދޭ ބައެކެވެ. ފާޑުކިޔުމުގެ ޙައްޤު އޮންނަން ވާނެ ކަމަށެވެ.

"އެކުއެކީގައި ގޮސް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ވެރިކަން ބަދަލު ކުރާނީ." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ހޯލު ފުރައިލިއިރު، ޕާޓީން ޕްރައިމަރީ ބާއްވާ، މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރާއްޖޭގެ އެކި ރަށްރަށަށް ވެސް ދަތުރު ކުރަމުން އަންނަ ކަމަށެވެ. ޑިމޮކްރެޓްސް މިހާރު "އުދުއްސައިގަނެފި" ކަމަށް ވިދާޅުވެ، އިންތި އިތުރަށް ވިދާޅުވީ އެ ޕާޓީ ދެން ނުހުއްޓުވޭނެ ކަމަށެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އޭނާގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސެއިން ޢަމްރުއެވެ.

 

Ads by Allied Insurance
  1. ޔަހޫދީންނާއި ސިއްރު ގުޅުން ބާއްވާ ކެރަފާ އާއިލާޔަށް އިތުރު ފުރުސަތެއް ދިނުމަކީ މިރާއްޖޭގެ ހަލާކު !