ޚަބަރު ސިޔާސީ

ޑރ. ޝަހީމްއާއި ރައީސް ޑރ. ވަހީދުގެ ތާއީދު އެއްވެސް ކެންޑިޑޭޓަކަށް ނެތް؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑރ. ޝަހީމް އަދި ރައީސް ޑރ. ވަހީދު

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތާއީދު ކުރައްވާ ރިޔާސީ ކެނޑިޑޭޓުގެ ނަން ހާމަކުރުން ލަސްކޮށްފިއެވެ.

Ads by MWSC

އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރުކަން ކުރައްވާ ރައީސް ވަހީދު، އެޕާޓީން އެންޑޯޒްކުރާ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރާކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރުނެވެ. އެހެންނަމަވެސް ރައީސް ވަހީދު ވަނީ އެކަން ދޮގު ކުރައްވައި ވަކި ކެނޑިޑޭޓަކަށް އަދި ތާއީދު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

2018 ވަނަ އަހަރު ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވި ޑރ. ޝަހީމްވެސް ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރައްވާކަން އަދި ހާމައެއް ނުކުރައްވަ އެވެ. އެގޮތުން މިމަހުގެ 6 ވަނަ ދުވަހު ޝަހީމް ވަނީ އޭނާގެ ނިންމުން އިއުލާން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ޝަހީމް އެކަން އިއުލާން ކުރައްވައިފައެއް ނުވެއެވެ.

ރައީސް ވަހީދާއި، ޝަހީމް އަކީވެސް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ ދެބޭފުޅުންނެވެ. އަދި ޕީޕީއެމްއާއި ގާތް ގުޅުމެއް ބާއްވަމުން އައިސްފައިވާ ދެބޭފުޅުންނެވެ. އެހެންނަމަވެސް ޕީޕީއެމްއިން އެންޑޯޒްކުރި ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމާއިމެދު ދެބޭފުޅުންގެވެސް ހިޔާލު ތަފާތުވުންތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭގޮތް ވެއްޖެނަމަ ޕީޕީއެމްގެ ޓިކެޓުގައި ރައީސް ވަހީދު ނިކުމެދާނެކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރުނެވެ.

އެކަމަށް އެމަނިކުފާނު ޝައުގުވެރިކަން ފާޅު ކުރައްވައި ކުށުގެ ރެކޯޑު ސާފުކުރަންވެސް ހުށަހެޅިއެވެ.

އެހެންނަމަވެސް ކެނޑިޑެސީ ފޯމު ހުށަހަޅައިފައެއް ނުވެއެވެ. ފަހުން ރައީސް ވަހީދު ވަނީ ޖޭޕީގެ ކެނޑިޑޭޓު ގާސިމް އިބްރާހީމާއިއެކު އިންތިހާބާއި ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

ޑރ. ޝަހީމްވެސް ޖޭޕީއާއި ގުޅިދާނެކަމުގެ އަޑުތަކެއް ކުރިން ފެތުރުނެވެ. އެގޮތުން ގާސިމްގެ ރަނިންމޭޓުކަން ޑރ. ޝަހީމަށް އަރުވަން އުޅޭކަމުގެ އަޑުތަކެއް ކުރިން ފެތުރުނެވެ. އެހެންނަމަވެސް ގާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ނިކުންނެވީ އެހެން ބޭފުޅެކެވެ.

ޑރ. ޝަހީމްއަކީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، އެންމެ މަގުބޫލު ޝަހުސިއްޔަތެވެ. ސިޔާސީ ދާއިރާގައިވެސް ޝަހީމަކީ ރައްޔިތުން ލޯބިކުރާ ތާއީދު އޮތް ބޭފުޅެކެވެ. އަނެއްކޮޅުން ކުރީގެ ރައީސްކަން ކުރައްވާފައިވާ ޑރ. ވަހީދަކީވެސް ރައްޔިތުންތަކެއް ބަލައިގަންނަ ބޭފުޅެކެވެ.

  1. ތިދެބޭފުޅުން އަމިއްލަ ގޮތުން ވާދަ ނުކުރެއްވީ ކީއްވެތޯ !

    • އެއްކަލަ މީހާ

      ރައްޔިތުންގެ ތާއީދުނެތީމަ. ކޮންމެ މީހަކުވެސް ބޭނުންވަނީ ވެރިކަން.

  2. ލަކުޑި ކަޅޭ

    އެހެންވީމާ ކަލޭމެން2މީހުންވެސްގޭގަތިބޭ ވޯޓުލާންވެސްނުދާތި ބޮޑުހޮޓަލުން ކެއުމާ ސައިގެންދާނަން

    • ތަކުރު

      ޝަހީމަކީ އަބަދުވެސް އަމިއްލަ ނަފުސު ޕްރޮމޯޓް ކުރާ މީހެއް، ދެން ބޯނީ ބޮނަކުއާ…

  3. ނަފުސު

    ކޮންބަޔެއްތަ ވަޙީދުއަށް ތާއީދުކުރަނީ؟

  4. މުއިއްޒުގެ ކެބިނެޓުން ތިއިން ބޭފުޅަކު ފެންނާނެކަމަށް އުއްމީދުކުރަން.

  5. ފަތިހު

    ތިތިބީ ބާކީވެފަ… ރާއްޖޭގެ ރިކޯޑު.. އެއްވެސް ޕާޓީއަކުން ބަލައި ނުގަތް ދެމީހުން…

  6. އަލިބުޚަރީ

    ހުސްވެސް އަމިއްލަ ފައިދާ އަށް ބަލައިގެން ކަންކަން ނިންމާ މީހުން. މިހާރުން މިހާރަށް ކެނޑިޑޭޓަކަށް ތާއީދު ނުކުރެވިގެން ތިއުޅުއްވަނީ ހަސަދަވެރިކަން އޮންނާތީ!

    • އުމަރު

      ތިދެމީހުންވެސްތިއުޅެނީހޭބަލިވެގެން

      ވެރިކަމައިހެދިން

  7. މިހާރު މި ނޫސްތަކަށް މިމީހުން ވަރެއް ނެތް

  8. ޝަހީމު އަމިއްލަ ޕާޓީއެއް ހަދަން ފެނޭ. ވެރިކަން ކުރުމުގެ ޝަޚުޞިއްޔަތު ހުރި މީހެއް ތީ. މިހާރު ތިހިރީ ޤަަމުގެ ވެރިކަންކުރުމުގެ މަގަށް ނުކުމެވިފައި. އިސްތިހާރުވެފައި. މިރާޖޭގެ އެންމެންނަށް ޝަހީމު އެބައެނގޭ. އެހެންކަމުން މުޞްތަޤުބަލުގައި ކާމިޔާބުވާނެ ދުވަހެއް އައުން އެކަށީގެންވޭ. އާޕާޓީއެއް ހަދައިފި ނަމަ ޢަދާލަތު ޕާޓީއަށްށްވުރެ އިތުބާރު ކުރާނެކަމަށް ފެނޭ.