ޚަބަރު ސިޔާސީ

އިންޑިއާގެ އަޅުވެތިކަމަށް ގެންދާކަށް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އަބްދުއްރަހީމް

އާއިޝަތު ނަޖާ ، ދެން އޮންލައިން
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މި ގައުމު އިންޑިއާގެ އަޅުވެތިކަމަށް ގެންދާކަށް ދިވެހިރައްޔިތުން ނޭދޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހަ "ދިވެހިންގެ ޖަގަހަ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ, ދިވެހިރައްޔިތުން މިގައުމުގެ ކަނޑުވިއްކާ ހުސްކުރާކަށް ބޭނުން ނުވާކަމަށާއި، ރާއްޖޭގެ ކަނޑުގެ އަޑީގެ ޚަޒާނާތައް އިންޑިއާ އަށް ދޭން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

"ދިވެހިން ބޭނުމެއް ނުވޭ, އިންޑިއާ ސިފައިން މިތާ ތިބޭކަށް, ދިވެހިން ބޭނުމެއް ނުވޭ ރާއްޖޭގެ ކަނޑު ވިއްކާ ހުސްކުރާކަށް" ވަރަށް ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅުން ގެންދަނީ މިހާރުގެ ސަރުކާރުން ޗާގޯސް މައްސަލައިގައި ކަނޑު ވިއްކާލާފައިވާ ކަމަށާއި, އިންޑިއާއާއެކު ހަދާފައިވާ ހައިޑްރަފީގެ އެގްރީމެންޓްގެ ސަބަބުން އިންޑިއާއަށް ރާއްޖޭގެ ކަނޑުގެ ސިއްރުތައް ވިއްކާލި ކަމަށް ބުނަމުންނެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށާއި، ދިވެހި ފަސްގަނޑުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ދިވެހި ރައްޔިތުން ނޭދޭ ކަމަށެވެ.

އެއާއެކު އޭނާ ވިދާޅުވީ ދިވެހީން ބޭނުންވާ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބުކޮށް ހިންގޭނެ ބޭފުޅަކީ މިހާރު މި ތިއްބެވި ރިޔާސީ ކެންޑިޑޭޓުންނަށް ބަލާއިރު ޑރ މުއިއްޒުއަށް ކަމަށެވެ.

ރައީސް ޔާމިނަކީ އަބަދުވެސް ގައުމާއި ރައްޔިތުން އިސްކުރައްވާ ލީޑަރެއް ކަމަށާއި,، މިއަދުވެސް އެމަނިކުފާނު ނުހައްގުން ޖަލުގައި ދުވަސްތައް ހޭދަކުރައްވަމުން އެ ގެންދަވަނީ ދިވެހީންގެ ހައްގުގައި ކަމަށް ވިދާޅުވެ, އަދުރޭ ވިދާޅުވީ، އެމަނިކުފާނުގެ ލަފާފުޅާއި އެއްގޮތަށް ޑރ މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެވެ.

Ads by HDC
  1. ނުފެނެއޭ

    ވަހީދު ޖޭޕީ އާއި ގުޅުން އެއީ ވަހީދަށް ދުރުވިސްނޭތީވެ ކުރި ކަމެކޭ ރައީސް ޔާމީން ވެސް ނުޖެހޭ ސްޕްރީމް ކޯޓުން ހުކުމް ކުރި ދުވަހު ޖަޒުބާތުގައި ޖެހިގެން އިންތިޚާބު ބޮއިކޮޓް ކުރަން ގޮވާލަން ބަދަލުގައި ވިސްނަން 2 ދުވަސް ނެގުމަށް ޕީޕީއެމް އިން ގާސިމް އިބްރާހިމަށް ތާއީދު ކުރަން ފެންނަ ކަމަށް ރައީސް ޔާމީން ރައުޔު ނެރުނު ނަމަ މިއަދު އިދިކޮޅުން ކޮމަން ކެންޑިޑޭޓެއް ހުންނާނީ ނެރެވިފައޭ މިހާރު އިދިކޮޅަށް އިންތިޚާބު ކާމިޔާބުވާނެ އެއްވެސް ހިސާބު އިލްމެެއް ނުފެނެއޭ ނުފެނެއޭ ނުފެނެއޭ ނުފެނެއޭ ނުފެނެއޭ ނުފެނެއޭ