Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކުރަނީ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކުރަނީ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ އާންމުކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ވަގުތީ ލިސްޓުގައި ޝަރުތު ހަމަވާ ފަރާތްތަކުގެ 97 ޕަސެންޓަށް ގޯތި ލިބޭ ކަމަށެވެ.

އެއީ ގާތްގަނޑަކަށް 18،955 ފަރާތެއް ކަމަށާއި 9001 ގޯތި ދޫކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އަންނަ އަންގާރަ ދުވަހު ގުރުއަތު ނަގާނެ ކަމަށާއި ގޯތިތަކުގެ ގުރުއަތުގެ ނެގުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ފުރަތަމަ ބުރުގައި ދޫކުރާ 9001 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 5432 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ދޫކުރާ 2218 ގޯއްޗެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް