ޚަބަރު ސަރުކާރު

އައިޖީއެމްއެޗްގައި ކެންސަރުގެ ބަލިމީހުން އެޑްމިޓުކުރަން ޚާއްސަ ވޯޑެއް ހުޅުވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑު އައިޖީއެމްއެޗްގައި ހުޅުވަނީ

ރާއްޖޭގައި ހުންނަ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކެންސަރުގެ ބަލި މީހުން އެޑްމިޓު ކުރަން ހާއްސަ ވޯޑެއް ހުޅުވައިފިއެވެ.

Ads by Sosun Fihaara

މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ވޯޑު ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

އެވޯޑު ހޮސްޕިޓަލުގައި ގާއިމް ކުރީ ބޭންކް އޮފް މޯލްޑިވްސްގެ އެހީގައެވެ. ވޯޑުގައި ޖުމްލަ 8 އެނދާއި ބަލި މީހުންނަށް ހާއްސަ ދެ ފާހާނާ އަކާއި، ނާސިންގް ސްޓޭޝަނަކާއި ވެއިޓިން އޭރިއާގެ އިތުރުން ސްޓާފް އޭރިއާ އަކާއި، މެޑިކަލް ސްޓޯރޫމެއް އަދި އިދާރީ އޮފީހެއް ވަނީ ތަރައްގީ ކޮށްފައެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތް ހޯދަން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށް މާލޭގެ އިތުރުން އަތޮޅު ތެރޭގައިވެސް ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ފައިސަލް ވިދާޅުވިއެވެ.

ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑު އައިޖީއެމްއެޗްގައި ހުޅުވަނީ

ފައިސަލް ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކުގައި ކޮންމެ މަހަކު ކަހަލަ ގޮތަކަށް އާ ހިދުމަތްތައް ތައާރަފުކުރާކަން ފާހަގަކުރައްވައިފައެވެ.

ކެންސަރު ބައްޔައް ހާއްސަ އެވޯޑެއް އައިޖީއެމްއެޗްގައި ހުޅުވިއިރު، އެ ބަލީގެ ފަރުވާއަށް ހާއްސަ އޮންކޮލޮޖީ ޑިޕާޓްމެންޓެއްވެސް މުހިންމު ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!