ޚަބަރު ސިޔާސީ

ޢާޒިމްގެ ސުވާލެއް: ކަޑަ ޖެހީ ބިމަށްތޯ ނުވަތަ ކަނޑަށްތޯ؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން

"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ކަޑަ ޖެހީ ބިމަށްތޯ ނުވަތަ ކަނޑަށްތޯ ސުވާލު އައްސަވައި، މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

މާލެ ސަރަޙައްދުން ގޯތި ދޫކުރުމާއި ގުޅިގެން، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ޢާޒިމް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަން ހޯދަން ފޯމު ހުށަހެޅި ފަރާާތްތަކުގެ ތެރެއިން، ހިކި ފަސް ތަނަކުން ގޯއްޗެއް ލިބުނީ މަދު މީހަކަށް ކަމުގައެވެ.

"ހުޅުމާލޭގައި އެބަހުރި 700 ގޯތި، ވަކި ބަޔަކަށް ދިނުމަށް ބަހައްޓާފަ."

 

ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ޓެގް ކުރައްވައި، ޢާޒިމް ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވީ މި ވެރިކަން ނިމެން ބާކީ އޮތީ 21 ދުވަސް ކަމަށެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު އެއީ 9003 ގޯތި ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

Ads by Ooredoo
  1. ޖައްވަށް ކަޑަޖެހިޔަސް ކަލެޔަށް ކީތް؟ ގޯތި ދޭނީ ކަނޑަކުން ޖައްވަކުން ނޫން! ހިއްކާފަ އޮތް ހިކިފަސް ބިމުން. އޯކޭތަ؟