Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އެމްޑީޕީން ވައުދުތައް ވަމުން ދަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި ވަކި އުސޫލެއްގެ ދަށުން: މާރިޔާ

އެމްޑީޕީން ވައުދުތައް ވަމުން ދަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި ވަކި އުސޫލެއްގެ ދަށުން: މާރިޔާ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވައުދުތައް ވަމުން ދަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް ވައުދުތައް ވަމުން ދަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ވަކި އުސޫލެއްގެ ދަށުން ކަމަށާއި އެކަން ޕީޕީއެމަށް ވެސް އިނގޭނެ ކަމަށެވެ.

އަދި ޕީޕީއެމަކީ ތަރުތީބުވެގެން ކަންކަން ހިންގާ ޕާޓީއެއް ނޫން ކަމަށާއި ކެމްޕޭނު ޖަލްސާތަކުގައި ދައްކަވަމުން ގެންދަވަނީ އެކްޓިވިސްޓުން ވިދާޅުވާ ވާހަކަތައް ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މާރިޔާ ވިދާޅުވީ މުއިއްޒު ކޮށްދެއްވާނެ ކަމަށް ވެވަޑައިގަންނަވަމުން ގެންދަވާ ވައުދުތަކަކީ މިހާރު ވެސް ސަރުކާރުން ހިންގަމުން ގެންދާ މަޝްރޫއުތައް ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުން ގާތަށް ގޮސް ވާހަކަ ދައްކައި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލިވައިގެން މެނިފެސްޓޯއެއް ތައްޔާރުކޮށްގެން ކުރިޔަށްދާ ޕާޓީއެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް