ޚަބަރު ސިޔާސީ

ރައީސް ޞާލިޙް ވެރިކަން ކުރައްވަނީ އެންމެހާ ރައްޔިތުންނަށްޓަކައި، އެއީ ވަކިބަޔަކަށް ލިބޭ ފައިދާއެއް ނޫން: އަސްލަމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވެރިކަން ކުރައްވަނީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށްޓަކައި ކަމަށާއި، އެއީ ވަކި ބަޔަކަށް ފައިދާއެއް ލިބޭކަމެއް ނޫންކަމަށް އެމަނިކުފާގެ ރަނިންގމޭޓް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަސްލަމް މިހެން ވިދާޅުވީ، އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އަސްލަމް ވިދާޅުވީ، ރައީސް ޞާލިޙް ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށާއި، ސަރުކާރުގެ ފަރާތުން ފަހިކޮށްދޭ ފުރުސަތުތަކާއެކު އޭގެ ލާބައާއި މަންފާ ލިބެނީ ރައްޔިތުންނަށް ކަމަށެވެ. އަދި އެއީ ވަކި ޕާޓީއަކަށް ނުވަތަ މެންބަރަކަށް ލިބޭ ފައިދާއެއް ނޫންކަމަށެވެ.

މި ސަރުކާރުން ކޮށްދެއްވި ކަންތައްތަކުގެ ލިސްޓު އިންތިހާއަށް ދިގުކަމަށް ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، ވަކި ދާއިރާއަކަށް ބެލުމެއް ނެތި ހުރިހާ ދާއިރާއަކުން މިސަރުކާރު ގެންދަނީ ތަރައްގީއާއި ކުރިއެރުން ހޯދަމުން ކަމަށާއި މިވެރިކަމުގައި އަސާސީ ގޮތުން ބޭނުންވާ އެންމެހައި ކަންކަން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިންޕްލިމެންޓް ކުރަމުންދާކަމަށެވެ.

އާރްޓީއެލްގެ ފެރީ ނިޒާމާއެކު މުޅި ރާއްޖެ ގުޅުވާލުމާއި، ހިލޭ ޑިގްރީ ޕްރޮގްރާމް ފާހަގަކޮށްލެވޭ އިރު އެ ޕްރޮގްރާމްގެ ދަށުން 18،000 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާއިރު، 7000ށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެ ނިމިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާ ކަމެއް ނޫން ކަމަށާއި މިކަމުން ވެސް މީހުން ބިނާ ކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވާކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަމައެއާއެކު، ކުރިއަށް އޮތްތަނުގައި ސެޓްފިކެޓް ލެވަލް ވެސް ހިލޭ ކޮށްދޭނެ ކަމަށާއި، ބޭނުމަކީ ޒުވާން ޖީލެއްގެ ތައުލީމީ ގާބިލް ގައުމަށް ފައިދާކުރާނެ މަސައްކަތް ކުރާނެ ހުނަރުވެރި ޖީލެއް އުފެއްދުން ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ވެރިކަން ކުރައްވަނީ ވަކި ޕާޓީއެއްގެ މެންބަރަކަށްނޫންކަމަށާއި އެއީ ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވާ ކަމެއްކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، މި ސަރުކާރުގެ ސަބަބުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފެނިގެންދަނީ ތަރައްޤީކަމަށެވެ.

"ވެރިކަމެއް މިކުރަނީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް. އަދި ވެރިކަމެއްގައި ސަރުކާރުގެ ފަރާތުން ފަހިކޮށްދޭ ފުރުސަތު އޭގެ މަންފާ ލިބިގެންދަނީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް. ވަކި ޕާޓީއެއްގެ މެންބަރުންނަކަށް ނޫން. އެމްޑީޕީގެ، އަދާލަތު ޕާޓީގެ މެންބަރުން ނުވަތަ އެމްޑީއޭގެ މެންބަރުންނަށް ނޫން. ގުޅިފައިވާ ކޯލިޝަން ސިޔާސަތުގެ މަންފާ ކުރާނީ. މުޅި ރާއްޖޭގެ ރައްޔިތުންނަށް. ވަކި ދާއިރާއަކަށް ނޫން. ކޮންމެ ދާއިރާއަކަށް ބެލިއަސް ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއެއްގައި ވެރިކަން ކުރަމުން މިގެންދެވުނީ. މިވެރިކަމުގައި އަސާސީ ގޮތުން ބޭނުންވާ އެންމެހައި ކަންކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދިޔައީ އިންޕްލިމެންޓް ކުރަމުން. ކޮންމެ ރަށަކުން ފެންނަނީ ތަރައްގީގެ މަންޒަރު. ކޮންމެ ރަށަކުން ފެންނަނީ އަސާސީ ޚިދުމަތްތައް ގާއިމް ކޮށްދެއްވާތަން" އަސްލަމް ވިދާޅުވިއެވެ.

އެންމެ އަސާސީ ޚިދުމަތްތައް ގާއިމްކޮށްދިނުމުގެ އިތުރުން އުފާވެރިކަމާއެކު ދިރިއުޅެވޭ މަގު ތަނަވަސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި ސަރުކާރުން ކުރަމުންދާކަމަށް ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، ސަރުކާރުން މަގު އޮމާންކޮށްދޭއިރު، އެމަގުން ކުރިއަށް ދިއުމަކީ ރައްޔިތުންގެ ކަމެއް ކަމަށެވެ.

  1. އެއްކަލަ މީހާ

    ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއްނަމަ ކީއްވެ ވެރިކަމަށް އަންނަން އެވަރަކަށް އެކޯޅެނީ. ތިމާގެ އެންމެ ގާތް އެކުވެރިޔާއާވެސް ދުރުވެ ރަށްޓެހިން ބީރަށްޓެހިނަށްހަދަނީ.

  2. އިބްރާހީމް

    ތިޔަބުނާގޮތައް އެހީވާ ކަމަށް ވަންޏާ ކުރިންވެފައިއޮތް ވައުދު ޖުޑިސަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީބަލަ މަތިޖަހަންވެގެން ޖުޑިސަލް އެލަވަންސަށް ކުޑަބަދަލެއްގެނައި އެގޮތުން %20 އިން %35 އަށް ބަދަލުކުރީ މިހާރުވެސް އެޑްމިންއެއްގެ މުސާރައަކީ 4465ރ އެވެ . ކޮބާތޯ މިނިމަންވޭޖު ވީތާކުވީ ބުނަން ޖުޑިސަރީގެވެސް ލައްކަ މުވައްޒަފުން އެބަތިބި