ޚަބަރު ސިޔާސީ

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ހަމައެކަނި އޮތް ޗޮއިސްއަކީ ޤާސިމް: ޑރ. ވަޙީދު

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ހަމަ އެކަނި އޮތް ޗޮއިސްއަކީ ޤާސިމް އިބްރާހީމް އަށް ވޯޓު ދިނުންކަމުގައި ދާދިފަހުން ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައެވެ. އަދި އެޕާޓީގެ ރިޔާސީ ޓިކެޓާއި ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުމެއްގައި އެޕާޓީން ވަކިވެ ޖޭޕީއާ ގުޅިވަޑައިގެންނެވިއެވެ.

ށ. މިލަންދޫގައި ބޭއްވި ކެންޕެއިން ޖަލްސާގެ ތެރެއިން

ރިޔާސީ އިންތިޚާބުގެ ކެންޕެއިން ދަތުރުގައި ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ވަޙީދު ވިދާޅުވީ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖެ ނުދަރާ މިންވަރަށް މި ސަރުކާރުގައި ރާއްޖެ ދަރާފައިވާކަމަށެވެ. އަދި މި އަޅުވެތިކަމުން ސަލާމަތްކުރުމަށް މި ސަރުކާރަށް އިތުރު ފުރުޞަތެއް ނުދީ، ޤާސިމް އަށް ވޯޓު ދެއްވުމަށް ވަނީ ގޮވާލައްވާފައެވެ.

"މި ސަރުކާރަށް އިތުރު ފުރުޞަތެއް ދީފި ނަމަ މި ޤައުމު އަޅުވެތިވާނެ. އަޅުގަނޑުމެން އެބަ ޖެހޭ މިކަމުން ސަލާމަތްވާން. މި ޤައުމު ސަލާމަތްކުރެވޭނެ އެހެން ކެންޑިޑޭޓެއް ނެތް ޤާސިމް އިބްރާހީމް ނޫނިއްޔާ" ވަހީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޙީދު ވިދާޅުވީ ވޯޓު ދިނުމުގައި ބަލަންވީ ޕާޓީގެ ކުޑަބޮޑު މިނަށް ނޫންކަމަށާއި، ބަލަންވީ ޤައުމު ހިންގުމަށް އެންމެ ޤާބިލްކަންހުރި، ކުޅަދާނަކަން ހުރި އަދި ތަޖުރިބާހުރި މީހަކަށް ކަމަށެވެ. އަދި އެހުރިހާ ޝަރުތެއް ފުރިހަމަވަނީ ޤާސިމްގެ ކަމަށް ވަޙީދު ވިދާޅުވިއެވެ.

"ހަޤީޤަތުގައި އެއްވެސް ޗޮއިސްއެއް ނެތް. ހަމައެކަނި އޮތް ޗޮއިސްއަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހީމަށް ވޯޓު ދިނުން"

ޤާސިމް އަށް ތަޢުރީފްކުރައްވަމުން ވަޙީދު ވިދާޅުވީ ޤާސިމް އަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައާއި އެކިއެކި ޙައްޤުތައް ހޯދައިދިނުމުގައާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެމަނިކުފާނާއެކު މަސައްކަތްކުރެއްވި ބޭފުޅެއްކަމަށެވެ. އަދި ރާއްޖެ މިހާރު އޮތް ޙާލަތުން އެދެބޭފުޅުންނަށްވެސް ގޭގައި މަޑުކުރެވެން ނެތްކަމަށާއި، މި ރިޔާސީ އިންތިޚާބަށް ޤާސިމް ނިކުންނެވީވެސް ރާއްޖެ އޮތް ޙާލަތުގެ ސަބަބުންކަމަށެވެ.

"އަޅުގަނޑަށް ނުޖެހޭ އެއްވެސް ކަމެއް ކުރާކަށް. ގޭގަ ހުރެވިދާނެ. އެހެންނަމަވެސް ޤައުމުގެ ޙާލަތު މިއަދު އޮތް ހިސާބުން އަޅުގަނޑުގެ ޒަމީރެއް ވެސް ޤަބޫލެއް ނުކުރޭ ގޭގަ މަޑުކުރާކަށް. އެހެންވެގެން އަޅުގަނޑުވެސް ނިކުމެ މިހުރީ. ޤާސިމް އިބްރާހީމް ވެސް އެހެންވެ ނިކުމެ އެހުރީ،" ވަހީދު ވިދާޅުވިއެވެ.

ޑ. ވަޙީދު ޕީޕީއެމް އިން ވަކިވެވަޑައިގަތީ އެޕާޓީގައި 10 އަހަރު ހޭދަކުރައްވާފައެވެ. ވަޙީދު ޕީޕީއެމުން ވަކިވެވަޑައިގަތީ އަންނަ މަހު ބާއްވާ އިންތިޚާބަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން ފުރުސަތު ލިބި، އެކަން ނުކުރުމަކީ ޕާޓީގެ ލީޑަޝިޕުން ވީ ބޮޑު ޚިޔާނާތެއްކަމަށް ވިދާޅުވެ ފޮނުއްވި ސިޓީއެއްގައެވެ.

Ads by HDC
  1. ތީދެންކާކުތަަ މާބޮޑޭވެގަނެގެންް މިގައުމައްތިކަހަލަަ ގައްދާރުންާ ގެެ ތާއީދެއްނޯންނާނެެ އަބަދުު އުޅެނީީ ފިލަފިލާގެންް ކޮންމެއަހަރަކުު އުދައަރާގޮތައްް ކިބިއްސެއްއަޅާލަފާނެެ އޭގެެ އަޑުވެސްް ޖެހިގެންހުންނަމީހާއައްވެސްް ނީވޭނެެ ތީޗިޕުހޭޭ ތިޔާއެންމެގާތްކުރާނީީ އެކުސްޕެއާވެފަަ ހުންނަަ އެއްޗިހިި