ޚަބަރު ސިޔާސީ

ބަނދަރާއި، ފެނާއި ނަރުދަމާ އަކީ ތަރައްޤީއެއް ނޫން: ނާޒިމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ނާޒިމް ކ. ހުރާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްއެންޕީ

 

Ads by Hajj Corporation

ރަށެއްގައި ހަމައެކަނި ބަނދަރާއި، ފެނާއި ނަރުދަމާ އެޅުމަކީ އަދި ތަރައްޤީއެއް ނޫންކަމަށް މިއަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކ. ހުރާއަށް ކުރެއްވި ކެންޕެއިން ދަތުރުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ނާޒިމް ވިދާޅުވީ ހުރާގެ ރައްޔިތުން ދިރިއުޅެމުންދަނީ ޙައްޤު މިންވަރުގައި ނޫންކަމަށެވެ. ރަށުގެ ރައްޔިތުންނަށް ފައިސާ ވަންނާނެ ގޮތެއް ސަރުކާރަށް ހޯދާދެވިފައި ނުވާނަމަ އެއީ ތަރައްޤީ ނުގެނެވުނީކަމަށް ނާޒިމް ވިދާޅުވިއެވެ.

ކ. ހުރާގައި ބޭއްވުނު ޖަލްސާގެ ތެރެއިން ފޮޓޯ: އެމްއެންޕީ

ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސިފައިންގެ ހަޔާތުގައި ގިރިފުށީގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިކަމަށާއި އެދުވަސްތަކުގައި ހުރާއަށް ވަރަށް ގިނައިން ޒިޔާރަތްކުރެވުނުކަމަށެވެ. ނަމަވެސް ހިތާމައަކީ އަދިވެސް އެ ރަށުން ފެންނަނީ ނުވަދިހައިގެ އަހަރުތަކުގައި ފެނުނު މަންޒަރުކަމަށެވެ. އެ ރަށަށް ތަރައްޤީ އައިސްފައިވާ ކަމެއް ފެންނަން ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން ނާޒިމް ވިދާޅުވީ ހުރާގެ އިންޖީންގެ މިފަހުން ފެނަކައަށް ބަދަލުކޮށްފައިވާކަމަށާއި ފެނަކަ އަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ތުރާލެއްކަމަށެވެ. އެ ކުންފުންޏަކީ ކުދި މުސާރައަށް މީހުން ލައްވާ މަސައްކަތްކުރުވާ، ރަށުން ބޭރު މީހުންނަށް ވަޒީފާދޭ ނާޤާބިލްވެފައިވާ ކުންފުންޏެއްކަމަށެވެ.

ނާޒިމް ވަނީ މާފުއްޓަށް ޓޫރިޒަމްގެ ބޮޑެތި ފައިދާވާއިރު ހުރާއަށް އެ ބަދަލު ނައީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

"އިޤްތިޞާދީ ގޮތުން ބަލާއިރު އެންމެ ބޮޑު ފައިދާއެއްވާ ކަމަކީ ޓޫރިޒަމް، އެހެންނަމަވެސް މިއަދާހަމައަށް އައިއިރު މިރަށާއި މީގެ އަނެއް ފަޅީގައި ގުޅި، ގުރައިދޫ އަދި މާފުށި ހިސާބުގައި މާފުއްޓައް އައި ބަދަލާއެކީ މިރަށަށް އެ ބަދަލު ނައީ ކީއްވެގެންތޯ ތިބޭފުޅުން ސުވާލުކުރައްވާ؟"

މީގެ އިތުރު ނާޒިމް ވިދާޅުވީ ހުރާގެ ބޮޑު ބައެއްވަނީ ދެމަފިރިއަކަށް ދީފައިކަމަށާއި ހުރާގެ ރައްޔިތުން މިކަމަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.

ހުރާގެ ޑައިވިން މަސައްކަތްކުރާ ޒުވާނުންނާއި ބައްދަލުކުރުމުން ވަރަށް ގިނަ ޝަކުވާކުރިކަމަށް ވިދާޅުވެ ނާޒިމް ވަނީ އެ ޒުވާނުންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވާފައެވެ. އެ ޒުވާނުންގެ ޑައިވިން ސެންޓަރުން ޚިދުމަތް ހޯދާނެ ޓޫރިސްޓުން ނެތްކަމަށާއި ވިޔަފާރި ކުރިއެރުވުމަށާއި ޒުވާނުންނަށް ވަޒީފާ ހޯދަން ދާނެ ދިމާލެއް ނެތްކަމަށް ވިދާޅުވިއެވެ. އެރަށުން ދެމުންއަންނަ އެކްސްކާޝަން ޚިދުމަތްތައްވެސް އެރަށާއި ކައިރީ އޮންނަ ރިސޯޓުތަކުން ވަނީ ނަގާފައިކަމަށް ނާޒިމް ވިދާޅުވިއެވެ.

"ރިސޯޓުތަކަށް އަޅުގަނޑު މަޖުބޫރުކުރާނާން އެމީހުން އެކްސްކާޝަން އިތުރު ކުރަންޖެހޭނެ، ވިޔަފާރިތައް ދުރަށް ޖައްސަންޖެހޭނެ، ވިޔަފާރީގެ ހުރިހާކަމެއް ކުރުމުގެ ބާރެއް ނޯންނާނެ"

ނާޒިމް ވިދާޅުވީ ގެސްޓުން ހަމައެކަނި ރާއްޖެ އަންނަނީ ރިސޯޓުގެ މޫދު ބަލަން ނޫންކަމަށާއި، ދިވެހިންގެ ދިރިއުޅުން ބެލުމާއި، ރަށްރަށް ޒިޔާރަތްކުރުމާއި ރަށްރަށުން ވިޔަފާރިކުރުމަށްވެސް ބޭނުންވާނެކަމަށެވެ. ނަމަވެސް ރިސޯޓުތަކުން ހުރިހާ ވިޔަފާރިއެއް ކުރުމާއި ގުޅިގެން މި އާމްދަނީވެސް ވަނީ ރަށުގެ ރައްޔިތުންނަށް ގެއްލިފައިކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

ކ. ހުރާއަށް ވަޑައިގެން ކުރެއްވި ދަތުރުގައި ނާޒިމް ވަނީ އެ ރަށުގައި އެމްއެންޕީގެ ޖަގަހައެއް ހުޅުވައިދެއްވާފައެވެ.

ނާޒިމް ކ. ހުރާގައި އެޕާޓީގެ ޖަގަހައެއް ހުޅުވައިދެއްވަނީ. ފޮޓޯ: އެމްއެންޕީ

މި ޖަލްސާގައި ނާޒިމް ވަނީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އިންޝުއަރެންސް ކާޑު ތަޢާރަފްކުރުމާއި، ހުރިހައި ސްކޫލުތަކެއް އެއް ދަންފަޅިއަށް ކިޔަވައިދިނުމާއި، ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވުމުގެ އިތުރުން ޒުވާނުންނަށް ގެސްޓުހައުސް އަޅައިދިނުން ހިމެނެއެވެ.

 

 

Ads by Ooredoo
  1. ހަސަނުގެ ދަރި ލަތީފް

    ބަލަ އެއީ އަސާސީ ބޭނުންތައް އަސާސީ ބޭނުންތައް ނުފުދި ތަރައްގީއަށް ކޮން މަސައްކަތެއްބާ ކުރެވޭނީ ބޯގަޅި

  2. ދިވެހިމަސްވެރިޔާ

    ދިވެހި ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދެން އޮތީ ނާޒިމް ފަދަ ދުރުވިސްނޭ ވެރިއެއް ހޮވައިގެން

  3. ބީވުން

    ތާކު ހުރި މޮޔައެއް.

  4. ކަތުރާނި

    ހެހެހެ، އަސާސީ ވީއިރު މިހުރިހައި ދުވަހު ތިކަންކަން ފުރިހަމަ ނުވެ އަޅާ ނުލާ އޮތުން މާގޯހެންނު..މިފަހަރު އެލަވަ ކިޔާ އެޔަށް ބެރުވެސް ޖަހައިފިތާ. މަނިކު ފާނުވެސް ސަރުކާރެއްގެ ނުފޫޒުގަދަ ވަޒީރަކަށް ހުންނެވި. އޭރު ކީއްތޯ ކޮށްދެވުނީ.