ޚަބަރު ސިޔާސީ

މި ސަރުކާރުގެ އަރިސް ބޭފުޅަކަށް ވަންޏާ ޖެހޭނީ ގްރޭޑް ދަށް ކުރަން: އިންތި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މީހެއްގެ ގްރޭޑް ދަށްކޮށްފިނަމަ، މި ސަރުކާރާއި އަރިސް ބޭފުޅަކަށް ވެގެންދާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބްގެ ކެމްޕެއިން ތަރުޖަމާނު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންތި މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރޭ ޑިމޮކްރެޓްސްއިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މީހަކު ގަބޫލު ކުރާ ރީތި އުސޫލުތައް ދޫކޮށް، އެމީހެއްގެ ގްރޭޑު ދަށް ކޮށްފިނަމަ، އެއީ މި ސަރުކާރުގެ އަރިސް ބޭފުޅަކަށް ވެވިދާނެއެވެ.

"މިއީ މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތް، އެމްޑީޕީން މިހާރު ކުރަމުންދާ މަސައްކަތަކީ، އާއްމު ދިވެހި ރައްޔިތުންގެ އަޚްލާޤު، ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާ ހަމަތަކުގެ ގްރޭޑް ދަށްކޮށްލުމުގެ މަސައްކަތް ކުރަމުންދާތަން އަޅުގަނޑުމެންނަށް މި ފެންނަނީ." އިންތި ވިދާޅުވިއެވެ.

އިންތު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ އެއްވެސް ރަށަކަށް ވަޑައިގަންނަވާނަމަ، އެ ރަށަކަށް ފުލުހުން ފޮނުވައި، ސަރުކާރާއި ދެކޮޅަށް ޚިޔާލު ފާޅު ކުރުމުގެ ގޮތުން ބެނާއެއް ދަމައިލިޔަސް، އެ ބެނާވެސް ނަގާ ކަމަށެވެ.

"އެކަމަށް އަތްޖަހަން މި ތިބެން ޖެހެނީ އެމްޑީޕީގެ މެމްބަރުންނަށް، މި ސަރުކާރަށް ތާއީދު ކުރާ މީހުންނަށް"

އިންތި އިތުރަށް ވިދާޅުވު ގޮތުގައި، އެމްޑީޕީގެ މެމްބަރުންނަށް މިއަދު މަޖުބޫރުވެފައި ވަނީ ކުރިން ޤަބޫލު ކުރި އުސޫލުތައް ވެސް ދޫކޮށްލައި، ގްރޭޑް ދަށް ކޮށްލުމަށެވެ.

 

Ads by Allied Insurance
  1. ކްރައުން

    ދަ ޑިމޮކްރެޓްސް ގެ ގާތް އަދި އަރިސް މީހަކށްވާނަމަ ހުންނަންޖެހޭނީ 24ގަޑި އިރުން 18ގަޑި އިރު ހޭބުއްދި ފިލާފަ .

  2. ސަންފަ

    ޙޭބުއްދި ފިލުމަށްވުރެ ގްރޭޑް ދަށްކުރުން ވެސް މާމޮޅު ކަމަށް އަހުން ދެކެނީ. ޣްރޭޑް ދަށްބިޔަސް ވާނުވާ އެނގޭނެ ވިއްޔަ