ޚަބަރު ސިޔާސީ

މި އިންތިޚާބަށްފަހު ސިޔާސީ މަސައްކަތުގައި އުޅެން ގަސްތެއް ނެތް، ދެން ފެންނާނީ ފުޓުބޯޅައިގެ ދާއިރާއިން: އަލީ ވަޙީދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޖުމްހޫރީ ޕާޓީ

ކުރިއަށް އިތް ރިޔާސީ އިންތިޚާބު ނިމުމުން ސިޔާސީ މަސައްކަތެއްގައި އުޅުއްވުމަށް ގަސްތުނުކުރައްވާކަމަށާއި ދެން ވަޑައިގަންނަވާނީ ފުޓްބޯޅަ ކޯޗަކަށްވާންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމްގެ އިންތިހާބީ އެޖެންޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ރަށްރަށަށް ޖޭޕީން ކުރައްވާ ދަތުރުފުޅުތަކުގައި ށ. އަތޮޅަށް ވަޑައިގެން އެ އަތޮޅު މިލަންދޫގައި އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ، އުމުރުގެ އެންމެ މުހިންމު ދުވަސް ވަރުގައި 5 އަހަރު ހޭދަ ކުރަންޖެހުނީ ސިޔާސީ މިނިވަންކަން ގެއްލި ޤައުމުން ބޭރުގައި ކަމަށާއި، މިވެރިކަން ގެނައުމަށް ކުރި މަސައްކަތް ހެކިވާނެ އެތައް ބަޔަކު ތިބޭނެކަމަށެވެ. އެހެންނަމަވެސް ނިމިގެން ދިޔައީ ވަރަށް ހިތިކޮށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ބޭނުމެއް ނުވޭ ހަގީގަތުގައި، އަޅުގަނޑު ރާއްޖެ އައި ދުވަހުގަވެސް ދެންނެވިން އަޅުގަނޑުމެން ދެން ބޭނުމެއްނޫނޭ ސިޔާސީ މަސައްކަތުގައި 5 އަހަރު ހޭދަ ކުރާކަށް. އަޅުގަނޑު ގަބޫލެއްނުކުރަން އަޅުގަނޑަކީ ދެން މުސްތަޤުބަލުގައި މާބޮޑު ސިޔާސީ މީހަކަށް ވާނެކަމަކަށް. މި އިންތިޚާބަށްފަހު އަޅުގަނޑު ދާނީ ފުޓްބޯޅަ ކޯޗަކަށްވާން" ޢަލީ ވަހީދު ވިދާޅުވިއެވެ.

އަދި މަގުތަކަށް ނުކުމެ ނުވަތަ ދެން އަނެއްފަހަރު ނުކުރާ ކަންކަމުގައި ޖަލަށްލައިގެން ރާއްޖޭގައި ނޫޅެވޭ ގޮތަށް މިނިވަންކަން ދޫކޮށްލައްވާފައި ވަޑައިގަންނަވަން ދެން ބޭނުންނުވާކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އުުމުރުން 30 އަހަރާއި 40 އަހަރާއި މެދުދުގެ 5 އަހަރު ގެއްލިގެން މިދިޔައީ މިޤައުމުގެ އުޅުމުގެ ފުރުސަތު ނުލިބި. އެހެންވެ ދެން އަޅުގަނޑުމެން ބޭނުން ނުވޭ ހާކަނޑުގަ ލަބަރި ތަޅާކަށެއް. އެކަމުން ވާފައިދާ އެއް ނޯވޭ. ވަރަށް ބުރަ މަސައްކަތުން އަޅުގަނޑުމެން މިވެރިކަންތައް މިގެނައީ. މިވެރިކަން ގެންނަން އަޅުގަނޑުމެން ކުރި މަސައްކަތް ކުޑައެއް ނުވާނެ" ޢަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު މުސީބާތަކީ ކޯވިޑްގެ މުސީބާތް ކަމަށާއި އެދުވަސް ވަރު ގެއިން ނުނިކުމެ ޤައުމު ލޮކްޑައުންގައި އޮތް އިރު ފްރަންޓް ލައިނަށް ނިކުތް މަދު މީހުންގެ ތެރޭގައި އެބޭފުޅާވެސް ހިމެނިވަޑައިގަންނަވާނެކަމަށާއި، ނަމަވެސް މިސަރުކާރުން އޭގެ ބަދަލު ދިނީ ކިހިނެތްކަން ރައްޔިތުންނަށް ފެންނާނެކަމަށެވެ.

"މިވެރިކަމުގަ ދިމާވި އެންމެ ބޮޑު މުސީބާތަކީ ކޯވިޑްގެ މުސީބާތް. އަޅުގަނޑުމެން ނިކުތީ ކޯވިޑްގެ އެމުސީބާތުގަ، ދިވެހި ރައްޔިތުންގެ ތެރެއިން 5،000 ރައްޔިތުން ދުވާލަކު މަރުވާނެކަމަށް ޑޮކްޓަރުން އައިސް އެންމެ ފުރަތަމަ ކެބިނެޓްގަ ވިދާޅުވީ. ބައެއް ކެބިނެޓް ވަޒީރުން ދިޔައީ ގެޔަށް. އޭގެ ތިން މަސްފަހުން ލޮކްޑައުންއަށްފަހު ނިކުތްއިރު ތިބީ ތުބުޅީގަ ނުރަޖަހާފަ. އަޅުގަނޑުމެން ނިކުތީ އޭގެ ފުރަންޓް ލައިނަށް. އެހެން ނަމަވެސް ފެންވެސް ނުދީ އަޅުގަނޑުމެން ކަތިލީ. މިއީ ކަންކަން ވާގޮތް" ޢަލީ ވަހީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބަށްފަހު ސިޔާސީ މަސަކަތުގައި އުޅެން ގަސްތު ނުކުރައްވާކަން ހާމަކުރައްވަމުން ޢަލީ ވަހީދު ވިދާޅުވީ، ދެން މަސައްކަތް ކުރައްވާނީ ފުޓުބޯޅައިގެ ކޯޗެއްގެ ގޮތުގައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Ads by HDC
  1. ާަައަލިފުޅުބެ

    ތިޔަބަލިވީ، އުއްމީދެއްނެތުނީ. ކާމިޔާބުވެދާނެ ކަމުގެ އުއްމީދުނެތް މަސައްކަތެއް ކުރާނެކަމެއްނެތް.

  2. ކަލެއަށް ވާނެކަމެއް މިގައުމަކުނެތް. އެހެންތާަކަށް ރައްކާވޭ. ލަދެއްވެސް ގަންނާކަށް ނޭނގޭ މި ބުރާންޗަކަށް

  3. އެއްކަލަ މީހާ

    ހާދަ އަވަހަކަށް މާޔޫސްވެ ދަނޑުން ތިފޭބީ އަދި އެއްހާފުވެސް ނުކުޅެވޭ. އަނެއްކާ އެކު ކުޅެން އުޅުނު މީހުން މޫދަށް ފުންމާލުމުގެ ކުރިން ރިޓެއަރ ވާތި.