ޚަބަރު ސިޔާސީ

އާދަމް ޝަރީފް، މާރިޔާއަށް: އިންތިޚާބު ނިމުމުން ނުފިއްލަވާތި!

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމިގެންދާއިރު ޕީޕީއެމް ރާއްޖެއިން ފޮހެވިގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވުމުން ޕީއެންސީގެ ޕީޖީ ލީޑަރު، އަދި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު އެކަމަށް ރައްދުދެއްވައިފިއެވެ.

Ads by STELCO

ނޫސްވެރިންނާއި ބައްދަލުކުރައްވައި މާރިޔާ މިއަދު ވިދާޅުވީ އިދިކޮޅު ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފިނަމަ ޖެހިގެން އިންނަވާނީ ކުރީގެ ރައީސް ޔާމީން ކަމަށާއި ޔާމީން ވިދާޅުވާ ގޮތަށް ސަރުކާރުން ހިންގަވާނެ ކަމަށެވެ.

އަދި މުއިއްޒު އެހެން ވިދާޅުވިނަމަވެސް، އެފަދައިން ރައީސް ޔާމީން މިނިވަން ނުކުރައްވާނެ ކަމަށް ޔަގީންވެވަޑައިގަންނަވާކަމަށާއި އަދި އެކަން ކުރެވޭނެ ގޮތެއް ގާނޫނުގެ ތެރެއިން ވެސް ނެތް ކަމަށް މަރިޔާ ވިދާޅުވިއެވެ.

"ޕީޕީއެމްގެ ޑެޕިއުޓީގެ މަގާމުގައި ހުންނެވި ބޭފުޅެއް މުއިއްޒަކީ އެކަމު ޔާމީން ނިންމެވެނީ ޕީއެންސީއޭ ބައިވެރިވާނީ. މަންދޫބުން ވެސް އެންމެ ގިނައިން ހުށަހެޅީ ޕީއެންސީއޭ. ޕީޕީއެމްގެ ކުލަ ވެސް ކަރުދާސްކޮޅުގައި ނެތް. އިންތިހާބު ނިމިގެންދާއިރު ޕީޕީއެމް އިންތިހާބުގެ ކަރުދާސްކޮޅުން ފޮހެލިހެން ފޮހެވިގެންދާނެ." މާރިޔާ ވިދާޅުވިއެވެ.

މަރިޔާ މިހެން ވިދާޅުވުމުން އެކަމަށް ރައްދުދެއްވައި އާދަމް ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބު ނިމިގެންދާއިރު ރައީސް ޞާލިޙުގެ ވެރިކަން ނިމުމަކަށް އަންނާނެކަމަށާއި، ރައީސް ޞާލިޙް ރައީސް ނަޝީދާމެދު ކަންތައްކުރެއްވި ގޮތަށް، މުއިއްޒު ރައީސް ޔާމީނާމެދު ކަންތައްނުކުރައްވާނެކަމަށެވެ.

އަދި މުއިއްޒުއަކީ އިޚްލާސްތެރި އިޙްސާންތެރި ބޭފުޅެއްކަމަށާއި އެބޭފުޅާ އެކަން ސާބިތުކުރައްވައި ރައީސް ޔާމީނު މިނިވަންކުރައްވާނެކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

 

Ads by HDC
  1. ދޮށީބޭ

    މާރިޔާމަނިކެ އުޅޭގޮތުން ހީވަނީ މުޢިއްޒަށް ވޯޓްދޭން އުޅޭހެން. ޝުކުރިއްޔާ މާރިޔާ!

  2. ބިރުބޮޑު

    މުއީޒު އަށް އެއްވެސް ވައުދެއް ނުފުށްދެވޭ ސިޓީ ކައުންސިލަށް ހޮވުމުންވެސް ވައުދު ނުފުއްދާ