ކުރިއަށް އިތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަކީ ވެރިކަން ކުރާ އެމްޑީޕީގެ އެޖެންޓު ކެންޑިޑޭޓޭއްކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުފުޅުތަކުގައި ށ. ގޮއިދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ކިތަންމެ ބައިވަރު ބައިވަރު ނަމެއް ވޯޓު ކަރުދާހުގައި އޮތްނަމަވެސް، ޤާސިމް އިބްރާހިމް ފިޔަވައި ދިވެހިރާއްޖޭގެ ރައްޔިތުން ވޯޓުދޭ ވަރުގެ ކެންޑިޑޭޓޭއް ނެތްކަމަށާއި ދެން ނިކުމެ ތިއްބެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ އެއްބަޔެއްކަމަށެވެ.
ރައީސް ޞާލިޙް އަކީ ދުނިޔޭގެ ހިނގާ އޮޔާއި ވަޔާއި އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށާއި އެވަރުގެ ނާޤާބިލް ތައުލީމެއްނެތް ބޭފުޅަކު ދިވެހިރާއްޖޭގެ ވެރިކަމަށް ގެނައުމުން މިއަދު ދިވެހީންނަށް ކުރިމަތިވެފައި މިވަނީ ދިވެހީންގެ މިނިވަންކަން ގެއްލޭވަރުގެ ބޮޑު ނުރައްކަލެއްކަމަށާއި މި ރާއްޖޭގެ އެންމެން "ދަރަނިވެރިކޮށްލާފައި" ވާކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
"ދުނިޔޭގެ ހިނގާ އޮޔާ ވަޔާއި އެނގިވަޑައިނުގަންނަވާ ވަރުގެ ނާޤާބިލް ތައުލީމެއް ނެތް ބޭފުޅޭއް ދިވެހިރާއްޖޭގެ ވެރިކަމަށް ގެނައިމާ މިއަދު އަޅުގަނޑުމެންނަށް މި ކުރިމަތިވީ މުޅި ރާއްޖޭގެ މިނިވަންކަން ގެއްލޭވަރުގެ ބޮޑު ނުރައްކަލެއްް. މިރާއްޖޭގެ އެންމެން ދަރަނިވެރިކޮށްލައިފޮ. މި ހިސާބަށް މިކަން ގެންދިޔައިމާ ދެން އަޅުގަނޑުމެން ކީއްވެތޯ އިބްރާހިމް މުހައްމަދު ޞާލިޙަށް ވޯޓުދޭ ވާހަކަ ދައްކަންވީ. އަޅުގަނޑުމެން މިތިބީ ބުއްދިގޯސްވެފަތޯ؟ ދިވެހި ރައްޔިތުން ނުވިސްނަނީތޯ މިކަންކަމަށް؟ އެހެންވީމާ އަޅުގަނޑު މިދެންނެވީ އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ އަޅުގަނޑުމެން އިބްރާހިމް މުހައްމަދު ޞާލިޙަށް އިތުރު އެންމެ ވޯޓެއްވެސް ދޭންޖެހޭ ސަބަބެއް" ރައީސް ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ޕީޕީއެމްގެ ކެންޑިޑޭޓު ހުންނެވިކަމަށް ބައެއް ބޭފުޅުން ވިދާޅުވިނަމަވެސް ޕީޕީއެމް ކެންޑިޑޭޓޭއްވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތޭ ބައްލަވާ. ޕީޕީއެމްގެ ކެންޑިޑޭޓެއް މިއަދު ނެތޭ. މިއަދު ހުރީ ކުޑަ ކުޑަ ޕާޓީއަކުން ނިކުމެ ހުރި އެމްޑީޕީ މީހުން ބުނާގޮތުގަ ވެއްޖިއްޔާ އެމީހުންގެ އޭޖެންޓެއް، އެމީހުން ފައިސާ ދީގެން 25 ވޯޓު ގަތް ބޭފުޅަކު. އެހެންވީމާ ކޮބައިތޯ ކެންޑިޑޭޓު؟ އޮޕޮސިޝަން ކެންޑިޑޭޓު ކޮބައިތޯ؟ އެއްފަރާތެއްގައި މިހުރީ އެމްޑީޕީގެ ކެންޑިޑޭޓު. ދެން މިހިރީ އެމްޑީޕީގެ އޭޖެންޓު ކެންޑިޑޭޓު. ދެން ކޮބައިތޯ ކެންޑިޑޭޓު؟ މީ ވަރަށް ސާފުކޮށް އޮތް ކަމެކޭ. މި އިންތިޚާބަކު ނެތޭ، އެހެން ކެންޑިޑޭޓެއް ނެތޭ" ރައީސް ވަހީދު ތަކުރާރުކޮށް ވިދާޅުވިއެވެ.
އެހެންކަމުން ގާސިމް އިބްރާހިމް ފިޔަވައި ދިވެހިން ވޯޓުދޭނެ އެހެން އެއްވެސް ކެންޑިޑޭޓެއް ނެތްކަމަށާއި އެކަމާމެދު ދިވެހީން ވިސްނެވުމަށް އިލްތިމާސްކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ސިޔާސީ މައިދާނާއި ދުރުގައި ހުރުމަށްފަހު އަލުން އެނބުރި އެ މަސައްކަތަށް މި އައީ ގައުމު އޮތް ހާލަތުގެ ސަބަބުންކަމަށާއި، މި ގައުމު ދެން ހިމާޔަތްކުރެއްވޭނީ ގާސިމަށް އެކަނި ކަމަށެވެ.
ވހީދުއަށްތަދޯ ވަރެއްމިވަނީ އެޖެންޓެއްނަމަ ހުރީހީ ސޯލިހުގެކޮޅުގައެންނު.ޕޕމގާ މާގިނަދުވަސްވީމީހުންވެސްއެބައުޅޭނު ތިވަރެންހިއެންނު ެ.ވާހެނެއް
މިފަހަރުވެސް ކަލޭ ހުރި ޕާޓިއަށް 5%
ރިއާސީ ޓިކެޓު ނުލިބުނީމަ މޮޔަވެފަ ކީއްކުރާނީ ބަލަގަ ޕާޓީ އަކުން ޓިކެޓު ދިނަސް އަދި ރައްޔިތުންގެ ތާއީދު އޮވެގެންނޭ ވެރިކަމާހިސާބައް ދެވޭނީ ބޭފުޅާ ވެރިކަމުގަހުރެ ވާދަކުރީމަވެސް ލިބުނީ ގޭމީހުންގެ ވޯޓުއެކަނި
މީނާ ވަރަށް ލަދު ޙަޔާތްވެސް ކުޑައޭ