ޑިމޮކްރެސީގެ މަސައްކަތް ފެށީ ރައީސް ނަޝީދެއްނޫން، އެކަން ފެށީ އަޅުގަނޑުމެން: ޑރ. ވަހީދު
ދިވެހިރާއްޖެ އަށް ޑިމޮކްރެސީ ގެންނަން މަސައްކަތް ފެށްޓެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު ނަޝީދު ނޫން ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް، ހދ. ކުމުންދޫގައި ޖުމްހޫރީ ޕާޓީން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެ އަށް ޑިމޮކްރެސީ ގެނައުމަށްޓަކާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކުރެއްވި މަސައްކަތަށްޓަކާ އެކަނި ނަމަވެސް ރާއްޖޭގެ ވެރިކަން އެމަނިކުފާނަށް ދޭންޖެހޭ ކަމަށާއި ރައީސް ވަހީދުވެސް ޤާސިމަށް ތާއީދުކުރައްވާނީ އެހެންވެކަމަށެވެ.
އަދި ޑިމޮކްރަސީގެ މަސައްކަތް ފެށްޓެވީ ޤާސިމް ކަމަށާއި އެއީ ރައީސް ނަޝީދު ފެށްޓެވިކަމެއްނޫންކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
"ޑިމޮކްރެސީގެ މަސައްކަތް ފެށީ ނަޝީދެއް ނޫނޭ. ޑިމޮކްރެސީގެ މަސައްކަތް ފެށީ އަޅުގަނޑުމެންނޭ. 1984 ގައި މިބޭފުޅާ (ގާސިމް) މަސައްކަތް ފައްޓަވައިފި. އަޅުގަނޑު 1989 ގައި މި ބޭފުޅާއާއެކީ ގުޅިގެން އަޅުގަނޑުމެން މަޖިލީހަށް ވަނީ ފުރަތަމަ. ވަދެފައި ތިން ބާރު ވަކިކުރުމުގެ ވާހަކަ އާއި އެހެން ވާހަކަތައް ދެއްކެވިއިރު ކޮބައިތޯ އެހެން ބޭފުޅުން،" ރައީސް ވަހީދު ވިދާޅުވި އެވެ.
މިހާރު ދިވެހިން މިދެކޭ ޑިމޮކްރެސީ އަކީ ޚިޔާނާތުން ފުރިފައިވާ އެއްޗަކަށް ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހިތްޕުޅަށް އަސަރުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ބޮޑު ދެ ޕާޓީގެ ބަދަލުގައި ތިންވަނަ ވިސްނުމަކަށް ދާންވީ ވަގުތު ކަމަށާއި ޤައުމުގެ މުސްތަޤުބަލަށް ވިސްނުމަށްފަހު މިފަހަރު ޤާސިމަށް ވޯޓު ދެއްވުމަށް ރައީސް ވަހީދުވަނީ ގޮވާލައްވާފައެވެ.
ރާއްޖެ މިއޮތީ ބޯ ނުހިކޭ ވަރަށް ދަރާ ވިކިފައި އިންޑިއާ އަށް މިއަހަރު ނިމޭއިރު 1 ބިލިއަން ޑޮލަރު އެބަޖެހޭ ދައްކަން ދަރަނީގެ ގޮތުގައި ދެން ރައީސް ކަމުގެ މަގާމް ގައި ހުރެގެން ރިޔާސީ ކެމްޕެއިން ކުރަމުން ރައީސް ކަމުގެ މަގާމް ގެ ނާޖާއިޒު ފައިދާ ނަގައިގެން ނުލިބޭ ފައިސާ އަކުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ %40 ބޮޑުކުރާނަމޭ ބުނުން އެއީ ހެޔޮވާވަރުގެ ކަމެއް ނޫނޭ ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުން އަވަދިކުރަނީއޭ އެއިރުން ޓެކްސް ނަގާނެއޭ %40 އަަށް ބޮޑުކުރާނެއޭ ރައީސް އިބޫ މިހާރު އެހެރީ ވެރިކަމާއި ހެދި ހޭދެބައި ވެފައޭ ކޮބާތޭ އޭސީސީ ކޮބާތޭ ކެނެރީގެ ނަޝީދު މިގަމާރު މައިތިރި ކުރާށޭ މިގަމާރު ރާއްޖޭގެ ދުވަސް ދުއްވާލަނީއޭ…