ޚަބަރު ސިޔާސީ

މި ސަރުކާރުން އެކަށަހެޅީ އާސަންދައާއެކު ސަލާންޖެހުމުގެ ސަޤާފަތެއް: އިލްޔާސް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެކަށައެޅީ އާސަންދައާއެކު ސަލާންޖަހަންޖެހޭ ސަޤާފަތެއްކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނ. މަނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިލްޔާސް ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލިކަމަށާއި ނަމަވެސް މިއަދު އާސަންދައަށް ދިވެހިންވަނީ ސަލާންޖަހަން ޖެހިފައިކަމަށެވެ.

"ތިއިން އެއްވެސް ބޭފުޅަކަށް އާސަންދައެއް ނުލިބޭ މިތާ އިންނަ ސިޔާސީ ކޮންމެވެސް ބޭފުޅަކަށް ނުގުޅައެއް. ދެތިން ހަތަރު ފަހަރު ފޯނުކޮށްގެން އައިޑީކާޑު ވަޓްސްއެޕް ކޮށްގެން ގުޅައިގެން އޭނަ ފޯނު ނުނގަގައިގެން އެތައް ބަޔަކަށް ގުޅައިގެން ނޫންގޮތަކަށް ތީން ބޭފުޅަަށް އާސަން ހަމައެއް ނުޖެހޭ" އިލްޔާސް ވިދާޅުވިއެވެ.

އަދި އިލްޔާސް އެ ވަޑައިގަންނަވަނީ އާސަންދައިގެ ނިޒާމް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކޮށް ރައްޔިތުން ބަލިވީމައި ބޭނުންވާ ޑޮކްޓަރަކަށް، ބޭނުންވާ ހޮސްޕިޓަލަކަށް ގޮސް، ބޭނުންވާ ފަރުވާއެއް ހޯދުމުގެ އިޚްތިޔާރު ލިބިދެވޭނެ ގޮތަކަށް އެ ނިޒާމު ބައްޓަންކޮށް އެއްވެސް ސިޔާސީ މީހަކަށް ނުގުޅައި، އެއްވެސް މަޖިލިސް މެމްބަރަކަށް ނުގުޅައި އެއްވެސް ވަޒީރަކަށް ނުގުޅައި، އެއްވެސް މީހަކަށް ނުގުޅާ އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސަވަން ކަމަށާއި އިރާދުކުރެއްވިއްޔާއެބަދަލު ގެންނަވާނެކަމަށެވެ.

މީގެ އިތުރުން، ނ. މަނަދޫއަކީ ނ އަތޮޅުގައި ވެރިކަން ކުރާ ރަށްކަމަށާއި އެ އަތޮޅުގެ ހަތަރު ރަށުގައި ހޮސްޕިޓަލެއް އަޅުއްވައިދެއްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިއިރު އެ ހޮސްޕިޓަލުތަކުން ޚިދުމަތްދޭން ތިބީ ކޮންބައެއްތޯ އެތަނުން ދެވޭނެ ޚިދުމަތްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިނުވާކަން ފާހަގަކުރައްވަމުން އިލްޔާސް ވިދާޅުވީ، ކިތަންމެ ގިނައިން ހޮސްޕިޓަލުތައް އެޅިނަމަވެސް، އެތަންތަނުން ދޭ  ޚިދުމަތް ރަނގަޅު ނޫނިއްޔާ އެއީ ބޭކާރު ކަމެއްކަމަށެވެ.

"ކިތަންމެ ހޮސްޕިޓަ؛ލެއް އެޅިޔަސް އެތަނުން ދޭ ސިއްހީ ދިުމަތުގެ ފެންވަރު ރަނގަޅު ނުވަންޏާ ތިބޭފުޅުންނަށް ކުރާނެ ފައިދާއެއް ނެތް" އިލްޔާސް ވިދާޅުވިއެވެ.

އަދި އިލްޔާސް ވެރިކަމަށް ވަޑައިގަންނަވަން ކުރިމަތިލެއްވީ އެފަދަ ކަންތައްތައް ހައްލުކުރެއްވުމަށް ކަމަށާއި އެބޭފުޅާގެ ސިޔާސަތަކީ އެފަދަ ހޮސްޕިޓަލުތަކުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްކަމަށެވެ. އަދި ރައީސް ޞާލިޙުގެ ސަރުކާރަން އެކަން ނުކުރެވުނުކަމަށްވެސް އިލްޔާސް ފާހަގަކުރެއްވިއެވެ.

  1. ބޮޑުބެ

    ބޮށްޅަބޭ ހެހެހެ