ޚަބަރު ސިޔާސީ

އެހެން ޕާޓީއެއް އުފައްދަން މެމްބަރުން ގަނެލީ މިލިއަނުން ދީގެން، އަޅުގަނޑަށްވެސް އެ ފުރުޞަތު ލިބުނު: ނިހާދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ވައްޓާލަން އެހެން ޕާޓީއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަނެފައިވަނީ އެތައް މިލިއަނުން ރުފިޔާ ދީގެންކަމަށާއި އެ ފުރުޞަތު ލިބިވަޑައިގެންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިލިއަނުން ދެއްވި ނަމަވެސް އެ "އޮފަރ" ޤަބޫލުނުކުރައްވާކަމަށެވެ.

ނިހާދު އިތުރަށް ވިދާޅުވީ އެ ފުރުޞަތު ޤަބޫލުނުކުރެއްވީ އެމްޑީޕީއަކީ އެތައް ހާސް ބައެއްގެ މިންނެތް މަސައްކަތްކަމަށާއި ހަތް އަހަރު ފަހުން ލިބުނު ވެރިކަން ކުޑަ ފައިސާ ކޮޅަކަށްޓަކައި ވައްޓާލަން ރުހިވަޑައިނުގަންނަވާނެކަމަށެވެ.

Ads by HDC
  1. ގަބޫލެއް ނުކުރާނަން.އެވަރުގެ އަދަދު ތަކެއް މިގައުމަކުން ނުލިބޭނެ. ދެވޭނި ހަމަ ބޭރު ގައުމަކުން.ދެބޯގެރިދުއްވަނީ ހެން ހީވަނީ.

  2. އިޚްލާޞްތެރިންނަށް ނަޞްރުދެއްވާނެ.

  3. ސީންސާ

    ދިންނަމަ ހޯދާނެ ޔަގީން

  4. ކާކު އުޅެނީ ކަލޭ ގެންދަން.ކޮސް ނުގޮވާ.ތީ ސިޔާސީ ކހއް.އެއްވެސް އުރައްޕެއްހުރި މީހެއް ނުން.

  5. ސަފީއު

    ޑަސްބިން ތެރެއިންނަގާފަ ކަރުދާސްގަނޑެއް ދިނަސް
    އެކާލާނެ. ތީކާކު މަދަންނަން ތިފޭފޫމީހާ.

    • ކެނެރީގެ އަންނި ވިއްޔާ ޔަގީން ކޮހފާނެކަން އެއައްވުރެން ލާދީނީ މީހަކު ނުދެކެން ނަމާދައް ވެސް ސުނނަތައްވެސް ކީރިތި ޤްރުއާނަށް ވެސް ޖޯކް ޖެހި އަދި ނުވިތާކަށް އެއްޖިންސް ގުޅުން ހިންގި ކޮށްކޮ ދިފާއު ކުރި މީހެއް އެޢީ މިވީހާތަަށް އެހެން މީހުން ކުރިން ރަނގަޅު ކަންކަމުގެ ފޮނިކޮޅުބޯލި މީހެއް އެއީ

  6. ރަޝީދު

    ހަމަކަށަވަރުން ވެސް އެނގޭކަމަކީ ލާރިހުށައެޅިނަމަ އެއްމެ ފުރަތަމަ ހޯދާނެ އެކަކު ނިހާދު އަކީ އަމިއްލަ ޔައް ކަން ނޭނގޭ ހުށަހެޅީ ނުދައްނަ ނިހާދު އެއްނޫން ތިޔައީ