Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގަމުގެ ޕްރޮޖެކްޓްތައް ފެށުން ލަސްވެއްޖެ ކަމަށް އެއްބަސްވަމުން ރައީސް ވިދާޅުވީ އާބާދީ 25,000އަށް އިތުރުކުރާނެ ކަމަށް

ގަމުގެ ޕްރޮޖެކްޓްތައް ފެށުން ލަސްވެއްޖެ ކަމަށް އެއްބަސްވަމުން ރައީސް ވިދާޅުވީ އާބާދީ 25,000އަށް އިތުރުކުރާނެ ކަމަށް
ލާމު އަތޮޅު ގަމަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރަން ޕްލޭން ކުރެވިފައި އޮތް ސަރަހައްދެއް ކަމަށާއި, އެ ޕްލޭންއަށް މަސައްކަތްތައް ކުރުމުގައި ލަސްކަމެއް ހުރި ނަމަވެސް, އެކަން ކުރިޔަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ ހައިސިއްޔަތުން މިހާރު އަތޮޅުތަކަށް ކުރަައްވަމުން ގެންދަވާ ކެންޕެއިން ދަތުރުފުޅުގެ ތެރެއިން ލާމު އަތޮޅު ގަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ, އަބަދުވެސް ޕްލޭންގައި އޮތީ ލާމު އަތޮޅު ތަފާތު ގޮތަކަށް ތަރައްޤީ ކުރުން ކަމަށެވެ. "ލާމު އަތޮޅަކީ އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރި, ވަރަށް ފައިދާ ހުރި އެތައް ކަމެއް ކުރެވޭނެތަނެއް, މި ހިނގާ ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ އަމާޒަކަށްވީ މި ސަރަހައްދު ތަފާތުކޮށް ތަަރައްޤީ ކުރުން. މަސައްކަތްތަކެއް އަޅުގަނޑުމެން ފެށިން." ރައީސް ވަނީ ލާމު ގަމަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމަށް ސަރުކާރުން ޕްލޭން ކުރި ބައެއް މަސައްކަތް ވިދާޅުވެފައެވެ.. "އެގޮތުން ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމާއި, މާލޭގައި އަޅަން އޮތް ކެންސަރު ހޮސްޕިޓަލް މިކޮޅަށް ބަދަލު ކުރުމާއި, އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމާއި, މިހެން ގޮސް, އަޅުގަނޑުމެންގެ ބޭނުމަކަށްވީ މި ސަހަރައްދު އާބަން ސެންޓަރަކަށް" ނަމަވެސް މަސައްކަތް ނުފެށި ލަސްވެއްޖެ ކަަމށް ރައީސް ޞާލިޙް އިއުތިރާފްވެ ލެއްވިއެވެ. "ތެދެއް ބައެއް މަސައްކަތްތައް ފެށުން ލަސްވެއްޖެ. އަޅުގަނޑު ޤަބޫލުކުރަން" ރައީސް ޞާލިޙް ވިދާޅުވީ, އެ މަސައްކަތްތައް ފެށުމަށް ލަސްތަކެއް ދިމާވީ ކޮވިޑް-19ގެ ސަބަބުން, ބައެއް މަސައްކަތްތަކުގެ މިސްރާބު ބަދަލު ކުރަން ޖެހުމުން ކަމަށެވެ. ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, މި ސަރުކާރުގެ އަމާޒަކީ ގަމުގެ އާބާދީ ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި 25,000 ކުރުން ކަމަށެވެ. ލާމު ގަމުގައި ވޯޓް ލެވޭ އާބާދީގެ ހަމަވަނީ ކިރިޔާ 3,000 މީހުންކަން ފާހަގަކޮށްލެވެއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިތަން ދިހަ އަހަރު ދުވަހުގެ ތެރޭގައި, 25,000 މީހުންގެ އާބާދީއަކަށް މިތަން ބަދަލު ކުރުން. އެގޮތުން ހައުސިންނާއި ތައުލީމާއި, ސިއްހީ އަދި ދަތުރުފަތުރުގެ ނިޒާމާއި ބޮޑު ބަދަލުތައް ގެނައުން އަޅުގަނޑުމެންގެ ޕްލޭންގައި އެބައޮތް"
އެ ބަދަލަށް އަމާޒު ހިފާއިރު, ރައީސް ވިދާޅުވި ގޮތުގައި, ބޯހިޔާވަހިކަމަކީ އެންމެ މުހިއްމު އެއް ކަންތަކެވެ. އެކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. "އަޅުގަނޑުމެންގެ ވިސްނުމެއް ނެތް މަޖުބޫރުން މީހުން ގެނައުން, ހިޖުރަ ކުރާނެ ކަހަލަ ކަންކަން ކުރުން. ތައުލީމާއި, ވަޒީފާއި ސިއްހީ ޚިދުމަތްތައް ލިބެންޏާ މީހުން އަންނާނެ. " ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް