ބޭންކު ލޯނުތައް މާފުކޮށްދޭން ފަށައިފިނަމަ ނިޒާމު ހުއްޓި ބޭންކު ބަންދުުކުރަން ޖެހިދާނެ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯނުތައް ނަގައިގެން އިމާރާތްކުރާ ހައުސިން ސްކީމްތަކުން އަލާ ތަންތަން ހިލޭ ދޫކުރަން ފަށާއިފިނަމަ ކުރިޔަށް އިތުރު މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ބަންދުވާނެ ކަމަށެވެ. އަދި އިގްތިސާދު ކުރިޔަށް އޮތް ފަސް އަަހަރުތެރޭ ދެގުނަ ކުރުމުގެ ތަސައްވުރަކާ ސްޓްރެޓެޖިކް ޕްލޭނެއް އޮތީ ހަމައެކަނި ރައީސް ޞާލިޙްގެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބާކީ ތިބި ކެންޑިޑޭޓުން ވައުދުތައް ވަނީ އެއްވެސް ވިސްނުމެއް ނެތި ކަމަށާއި އެ ވައުދުތައް ފުއްދަން ކުރަން ޖެހޭ ކަމެއް އެބޭފުޅުންގެ ސިކުނޑީގައި ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި އެއްވެސް ވިސްނުމެއް ނެތި ގިނަ ކެނޑިޑޭޓުން ވައުދުވަމުންދާ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށާއި އެންމެ ކަންބޮޑުވާ ކަމަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު, ޑރ. މުޙައްމަދު މުޢިއްޒު ގައުމު ބަންގުރޫޓުވާ ޒާތުގެ ވަހަކަތައް ތަކުރާރުކޮށް ދައްކަވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރީކޯއާ ސަންސިޔާމްގެ ލޯނުތައް މާފު ކުރީމާޖެހޭނީ މަނިޓްރީ އޮތޯރިޓީ ބަންދުކުރަންދޯ. ތިލަފަތް ހަމަވާ ވާހަކައެއްދައްކަބަ.