މާރިޔާ ހައްޔަރު ކުރަން ޝަހީމް ގޮވާލައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހައްޔަރުކުރަން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ގޮވާލައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް ބ. އޭދަފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ މާރިޔާގެ ވާހަކަތަކުގެ ސަބަބުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ވެރިކަން ކުރަންވީ ނޮވެމްބަރު ތިނެއްގައި 19 ދިވެހިން ޝަހީދުކޮށްލި ޓެރަރިސްޓުންނާ ގުޅުންހުރި ބައެއްތޯ ޝަހީމް ވަނީ ސުވާލު އުފައްދާފައެވެ.
ޝަހީމް ވިދާޅުވީ މާރިޔާ މިހާރުން މިހާރަށް ހައްޔަރުކުރަން ޖެހޭ ކަމަށެވެ. “ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަޅުގަނޑު ގޮވާލަނީ މާރިޔާ ވަގުތުން ވަގުތަށް ހައްޔަރުކުރަން. މާރިޔާ ހައްޔަރުކުރަންޖެހޭ” ޝަހީމް ވިދާޅުވިއެވެ.






ކޮމެންޓް