ޚަބަރު ސިޔާސީ

ޑިމޮކްރެޓްސްއިން މިދަނީ މި ސަރުކާރާއި ހަވާލުވާން: ޢަމްރު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ދަ ޑިމޮކްރެޓްސް ޕާޓީއިން އިރާދުކުރެއްވިއްޔާ މިދަނީ މި ސަރުކާރާއި ހަވާލުވާންކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓް ޙުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ތ. މަޑިފުށީ ރައްޔިތުންނާއި ވާހަކަފުޅުދައްކަވަމުން އަމްރު ވިދާޅުވީ މި ސަރުކާރު ބަލިކުރެއްވޭނެކަމަށާއި މީގެ ކުރިން 30 އަހަރުގެ ވެރިކަމެއްވެސް ބަދަލުކުރެއްވި ކަމަށެވެ.

"30 އަހަރު ވެރިކަން ކުރި މީހަކު އިންތިޚާބަށް ނުކުތްތަން ވެސް ފެނުނު އެކަމަކު ބަލިވީ" ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމާ ޙަވާލާދީ ޢަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މި ސަރުކާރު ބަލިކުރެވޭނެ. އަޅުގަނޑުމެން މިދަނީ އިރާދުކުރެއްވިއްޔާ މި ސަރުކާރާއި ހަވާލުވާން" ޢަމްރު ވިދާޅުވިއެވެ.

އަދި ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ރައްޔިތުން ބޭނުންވާފަދަ ބަދަލުތައް ގެންނަވާނެކަމަށާއި އޭގެ ތެރޭގައި ދަނޑުވެރިންނަށް ލިބެންޖެހޭ ސަބްސިޓީ ދީ، މަސްވެރިންނަށް މަސް ވިއްކޭ އަގު 25ރ އަށްވުރެ ކުޑަނުވާނެހެން ހަމަޖައްސަވައި އަދި ރާއްޖޭގައި މަސައްކަތްކުރާ މަސައްކަތްތެރީންނަށް ރަނގަޅުގޮތް ހަދައިދެއްވާނެކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އެހެންކަމުން ޑިމޮކްރެޓްސްއިން "މިދަނީ ބާރު ސްޕީޑެއްގައި މި ރާއްޖެ ތަރައްޤީކުރަން" ކަމަށް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ ޑިމޮކްރެޓްސް އިން ބޭނުންވަނީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި ތަނަވަސްބަޔަކަށް ވުމަށެވެ. އަދި ރައްޔިތުން އެދޭ އަސްލު ތަރައްޤީ ގެނެވޭނީ އޭރުންކަމަށްވެސް އަމްރު ވިދާޅުވިއެވެ.

Ads by Ooredoo
  1. ހަސަންބެ

    ކަލޯމެން ތިތީބީ ހިނދުކޮޅެއް ގާ ދޮގޭ

  2. ޙުސޭނު

    ބަޣާވާތަކުންބާ!