ޚަބަރު ސިޔާސީ

ޑރ މުޢިއްޒުގެ ކެމްޕެިއިން ހިންގަނީ ރައީސް ޔާމީންގެ ފުރިހަމަ އިރުޝާދުގެ ދަށުން.: ޝުޖާޢު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕެއިން ހިންގަނީ ރައީސް ޔާމީންގެ ފުރިހަމަ އިރުޝަދުގެ ދަށުންކަމަށް ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މުއިއްޒުއަކީ މަގުބޫލުކަން ކުޑަ ބޭފުޅެއް ކަމަށާއި އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ވެރިކަން ކުރައްވާނީ ރައީސް ޔާމީނުގެ ބައިވެރިވުމެއް ނެތި ކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީން ވާހަކަދެއްކެވިކަމަށް ބުނެ ނޫހެއްގައި ޖެހުމާއި ގުޅީގެން ޝުޖާއު ވިދާޅުވީ އެއީ އެއްވެސް ހަޤީގަތެއްނެތް ދޮގު ވާހަކައެއް ކަމަށެވެ.

އަދި ރައީސް ޔާމީންގެ ރުހުމާ ތާއީދާއެކު އެމަނިކުފާނު އެންޑޯސްކޮށް ނެރުއްވާފައިވާ ރިޔާސީ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު މިއިންތިޚާބު އެއްބުރުން ކާމިޔާބު ކޮށްފާނެތީ މިސަރުކާރުން ރާވައިގެން ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ހަޤީގަތާއި ހިލާފް ވާހަކަތައް ފެރުތުމަކީ ކެނޑިޑޭޓްގެ އިންތިޚާބީ ހައްޤުތަކަށް އަރައިގަތުންކަމަށް ޝުޖާޢު ވިދާޅުވިއެވެ.

Ads by Ooredoo
  1. ދޮށީބޭ

    ހޫނ…މިފަހަރުވާނެ،ރަނގަޅަށް ފޮޑިތަޅުވާލަން އެމްޑީޕީކުދިންކޮޅަށް!ކޮބާ ސިޔާސީ ކޮމޭޑިއަން(މާރިޔާ؟އިޖުތިމާޢީ ތާޅަފިއްޔެއް.