ހައްދުންމަތީގެ ބޮޑު މަގަށް ބަލާލައިފިނަމަ ތަރައްޤީ ފެންނާނެކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުރަޙީމް މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ކެންޕެއިން ދަތުރުގައި ލ. ފޮނަދޫގައި ކުރިއަށްދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އެއްބުރުން ޑރ. މުއިއްޒު ހޮވުމަށާއި، ދެވަނަ ބުރަކަށް ގޮސްގެން ސާޅީސް މިލިއަން ރުފިޔާ އަނެއްކާ ޚަރަދުކުރުމުގެ ބޭނުމެއްނެތްކަމަށެވެ.
ވިދާޅުވީ ހައްދުންމަތީގެ ބޮޑުމަގަށް ބަލާލައިފިނަމަ ތަރައްޤީ ފެންނާނެކަމަށެވެ. އަދި އެއީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގެނެސްދެއްވާފައިވާ ތަރައްޤީއެއްކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ސަރުކާރުގައި ހައްދުންމަތީގެ ހުރިހާ ރަށަކަށް ތަރައްޤީ ގެނެސްދެއްވާނެކަމަށާއި ފޮނަދޫ ވެގެންދާނީ ހަމަހަމަކަމާއެކީގައި ކުރިއަރައިގެންދާނެ ރަށެއްގެ ގޮތުގައިކަމަށެވެ. އެޕާޓީގެ ވެރިކަމެއްގައި ހުރިހާ ރަށަކަށް ހަމަހަމަކަމާއެކު ހުރިހާ ރަށަކަށް ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދެއްވާނެކަމަށްވެސް ޢަބްދުރަޙީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އަންނަނީ އަދުލުވެރި ވެރިކަމެއް ކުރަންވެގެން، އަޅުގަނޑުމެން މި އަންނަނީ އަޅުވެތިކަމުން ދުރައްދާންވެގެން"
"އަޅުގަނޑުމެން މި އަންނަނީ އިންޑިއާ ސިފައިން މި ޤައުމުން ބާލަން، އެއްވެސް ބޭރު ޤައުމެއްގެ ސިފައިންނަކަށް ރާއްޖެއަކު ނުތިބެވޭނެ"
ޢަބްދުއްރަޙީމް ވިދާޅުވީ މިސަރުކާރުން ރައީސް ޔާމީން ޖަލަށްލާފައި ވަނީ އިންޑިއާ އާއި ދެކޮޅަށް ވަކާލާތުކުރައްވާތީކަމަށެވެ. އަދި މި ސަރުކާރަކީ ރާއްޖެ ދުއް އެންމެ އަނިޔާވެރި ސަރުކާރުކަމުގައި ޢަބްދުއްރަޙީމް ވަނީ ސިފަކުރައްވާފައެވެ.