Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އެމްޑީޕީ ނޫން ބަޔަކަށް ދޭ ވޯޓަކީ އިސްރާފެއް: ރައީސް ޞާލިޙް

އެމްޑީޕީ ނޫން ބަޔަކަށް ދޭ ވޯޓަކީ އިސްރާފެއް: ރައީސް ޞާލިޙް

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި މޯލްޑިވް ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ދޭ ވޯޓަކީ އިސްރާފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ, ހދ. މަކުނުދޫގައި މިރޭ ބޭއްވި ކެންޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅު ފައްޓަވަމުން ވިދާޅުވީ, ވާދަވެރިން އެމަނިކުފާނާ ދިމާލަށް ނުކިޔާ އެއްވެސް އެއްޗެއް ނެތް ކަމަށާއި ކިތަންމެ ވަރަކަށް އެއްޗެތި ކިޔަސް ޖަވާބު ނުދެއްވާނެ ކަމަށެވެ. އެއީ އެމަނިކުފާނު އުޅުއްވަނީ ރައްޔިތުން ހަވާލުކުރި މަސައްކަތް ކުރަން ކަަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

"ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތްތައް މާގިނަ. މީހަކު އެހެން ބުނެލާ އަދި ދައްކާ ވާހަކައަކަށް އަޅުގަނޑު ޖަވާބުދިނުމުގެ ވިސްނުމެއް ނެތް،" ރައީސް ޞާލިޙް ވިދާޅުވީ, އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނަށް ވެވަޑައިގެންވި ވައުދުތައް ފުއްދަވަން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ކުރިއަށް އޮތްތަނުގައި ވެސް ވެރިކަން ކުރާނީ ކޯލިޝަނުގެ ބައިވެރިންގެ މަޝްވަރާއާއެކު ކަމަށާއި އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ. އަދި މިހާރު ފެށިފައިވާ ބޮޑު ބަދަލުގައި ހުރިހާ ފަރާތްތަކަކުން ވެސް ބައިވެރިވެ ބާކީ ނުވުމަށާއި ނަމަނަމަ ރައްޔިތުންގެ ވޯޓު އިސްރާފު ނުކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން ނޫން ބަޔަކަށް ދޭ ވޯޓަކީ ބާކީވެ އިސްރާފު ވެގެންދާނެ ވޯޓެއް. އެހެންވީމަ ނަމަނަމަ ތިބޭފުޅުންގެ ވޯޓު އިސްރާފު ނުކުރައްވާތި" ރައީސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް