ޚަބަރު ސިޔާސީ

ބައްޕާޕުޅު އަންގަވައިގެން މީސްމީހުންނަށް އަނިޔާކޮށްފައެއް ނޯންނާނެ، އެއީ އަނިޔާވެރި ވެރިކަމެއް ނޫން: ފާރިސް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރާއްޖޭގައި 30 އަހަރުގެ ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްޤައްޔޫމު އަންގަވައިގެން މީސްމީހުންނަށް އަނިޔާކޮށްފައި ނުވާނެކަމަށާއި އެމަނިކުފާނު ކުރެއްވީ އަނިޔާވެރި ވެރިކަމެއް ނޫންކަމަށް ރައީސް މައުމޫނުގެ ދަރިކަލުން އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

Ads by STELCO

"ދެން" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ފާރިސް މިހެން ވިދާޅުވީ މައުމޫނުގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ކަމަށާއި ފާރިސްގެ ސަރުކާރެއްގައި އެބޭފުޅާވެސް ގެންގުޅުއްވާނީ މައުމޫނުގެ ސިޔާސަތުތައްކަމަށް ބުނެ ބައެއް މީހުން މީސްމީޑިއާގައި ވާހަކަދައްކާތީއެވެ.

“(ބައްޕާފުޅު) އަނިޔާވެރި ވެރިކަމެއް ނޫން ކުރެއްވީ. އެ ވެރިކަމުގައިވެސް އަދި ހުރިހާ ވެރިކަމެއްގައިވެސް އެބަހުރި ރަނގަޅު ކަންތަކާއި ރަނގަޅު ނޫން ކަންތައް ހިނގާފައި. ބައެއް މީހުންނަށް އެބަހުރި އަނިޔާތަކެއް ލިބިފަ. އެއީ އޭރު ސިސްޓަމް އޮތް ގޮތުން. ހަމަ ޔަގީނުންވެސް ބައްޕަ އަންގަވައިގެން މީސްމީހުންނަށް އަނިޔާކޮށްފައެއް ނޯންނާނެ. އެހެން ނަމަވެސް އެ ޒިންމާ އެންމެ މަތީ ފަރާތަށް ދާނަމަ އޭތި ދާނެ،” ފާރިސް ވިދާޅުވި އެވެ.

މިހާރު ރާއްޖޭން އަމަލުކުރަމުން މިދަނީ އެހެން ގާނޫނުއަސާސީއަކަށާއި އެހެން ގާނޫނުތަކަށް ކަމަށާއި އަދި މިހާރު ތިން ބާރު ވަކިވެފައިވާ ކަމަށްވެސް ފާހަގަކުރައްވަމުން ފާރިސް ވިދާޅުވީ، އެބޭފުޅާ ގަބޫލުކުރާ އުސޫލުތަކެއް އެބަހުރި ކަމަށާއި އެއީ އެންމެންނަށް އިހުތިރާމް ކުރުމާއި ހަމަހަމަކަމާއެކު މުހާތަބުކުރުން ކަމަށެވެ. އަދި ވެރިކަން ކުރަންޖެހޭނީ ދެފުށް ފެންނަ ގޮތަކަށް ކަމަށާއި ޒިންމާ ނަގަން ކެރި، ޒިންމާ އުފުލަން ޖެހޭނެ ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

މީގެ އިތުރުން ފާރިސް ވިދާޅުވީ ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމަންޖެހޭނެ ކަމަށާއި ވަކި ޕާޓީއަކަށް އަދި ވަކި ފިކުރަކަށް ނުބަލައި، ރާއްޖެއަށް އެންމެ އެކަށީގެންވާ މީހުން އެންމެ މަތީ މަގާމުތަކުގައި ހިދުމަތް ކުރުމުގެ ފުރުސަތު ހޯދައިދީ، މިނިވަން މުއައްސަސާތައް މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ ހާލަތަށް ގެންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި މައުމޫންގެ އެންމެ ރަނގަޅު ސިޔާސަތަކީ، އަދި ފާރިސްވެސް ގެންގުޅޭނެ ސިޔާސަތަކީ ޕްލޭނެއް އޮވެގެން މަސައްކަތް ކުރުން ކަމަށާއި އެގޮތުން ދުރުރާސްތާ ޕްލޭނެއް ހަދައި، އެންމެންގެ ބައިވެރިވުން ހޯދައި، އެންމެންގެ ބަހާ އެކު ޕްލޭން ނިންމައި، ރައްޔިތުންގެ ވޯޓަކުން އެކަން ފާސްކުރުމުން އެންމެން އެއް ދިމާލަކަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ބަޔަކަށްކިތަށްމެރަގަޅު ވިޔަސް ފާރިސް ގެ ވަރަސްގޯސް ވާހަކައެއް އެރޭ ބުނި އެއީ ވެރިން ނާއި އާއްމުން
    ކުށް ކުރީ މަ ތަހުޤީކުރުމާއި އަދަބު ދިނުން ތަފާތުކޮށް
    ވެރިކަންކުރިމީހެއް ނަމަ ނުވަތަ ބޮޑެތި މީހެއްނަމަ ވީއައިޕީ ތަހުޤީ ގެއް އާދައިގެ މީހެއްނަމަ ގޯސްކޮ ކަންކުރަންޖެހޭ ފަދަ މޭރުމަކުން ދެއްކިވާހަކަ އެއް
    އެއްމގޮތަކަށްވެސް ބަލައި ނުގަންނަން!
    އެއީ މައުމޫނިއްޔަތު އަލުން އިޔާދަކުރަން ހިތުގައި ހުރި ކަމުގެ ދަލީލެއް!

  2. ރަސީދު ފޭދޫ

    މައުމޫނު ކުރެއްވި ދިގު ތިރީސް އަހަރަކީ ރަނގަޅު ވެރިކަމެކޭ ބުނަންވަރައްދަތި ބުނެވޭނީ އަނިޔާވެރި ވެރިކަމެކޭ