ޚަބަރު ސިޔާސީ

ބޮޑުތިލަދުންމައްޗަށް ޚާއްސަ އިންވެސްޓްމެންޓް ބޭންކެއް ޤާއިމްކުރާނަން: އަމްރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮޑުތިލަދުންމައްޗަށް ޚާއްސަ އިންވެސްޓްމެންޓް ބޭންކެއް ޤާއިމްކުރާނެ ކަމަށް ދަ ޑިމޮކްރޭޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންގ މޭޓް ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހއ. ދިއްދޫގައި ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ބޮޑު ތިލަދުން މައްޗަށް ގެންނަ ތަރައްގީ ފުރިހަމަ ވެގެންދާނީ އެ ސަރަހައްދަށް ޚާއްސަ ބޭންކެއް ގެނެވިގެންކަމަށެވެ.

" ބޮޑު ތިލަދުންމަތީގެ ތަރައްގީ އެކޮށް ފުރިހަމަވާނީ ތަރައްގީގެ ބޭންކެއް އަތުވެގެން.  އެ ތަރައްގީގެ ބޭންކަކީ ބޮޑުތިލަދުންމައްޗަށް ޚާއްސަ ބޭންކަކަށް ވެގެންދާނެ" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެ ބޭންކް ވެގެންދާނީ ބޮޑުތިލަދުންމައްޗަށް އިންވެސްޓްކުރުމަށް އަންނަ ފަރާތްތަކަށް ލޯނު ދޫކުރާ ބޭންކަކަށް ކަމަށެވެ.

މީގެ އިތުރުން އޭނާވަނީ ދައުލަތުން ލޯނުގެ ގެރެންޓީ ދޭންޖެހެނީ ހަމައެކަނި މަހުޖަނުން ރިޒޯޓް ހަދަން ނޫންކަމަށް ވިދާޅުވެފައެވެ. އަމްރު ވިދާޅުވީ ޑެމޮކްރޭޓްސްގެ ސަރުކާރެއްގައި ގެސްޓްހައުސް އެޅުމަށް ދައުލަތުން ގެރެންޓީ ދީގެން ލޯނު ދޫކުރާނެކަމަށެވެ.

ޑެމޮކްރޭޓްސްގެ މައިގަނޑު އެއް ވައުދަކީ ފަރުދުންގެ ތަނަވަސްކަން އިތުރުކުންކަމަށްވާއިރު ދިއްދޫގައިވެސް އަމްރުވަނީ އެ ވައުދު ތަކުރާރުކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!