ޚަބަރު ސިޔާސީ

އަޅުގަނޑުގެ ފަސްބައި ސާފުވާނެ: ނާޒިމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

އެބޭފުޅާއަށް ބިރުދައްކަން އުޅުއްވާނެކަމެއް ނެތްކަމަށާއި، އެބޭފުޅާ ސަރުކާރަށް ޚިދުމަތްކުރެއްވީ އަމާނާތްތެރިކަމާއެކު ކަމަށާއި އެބޭފުޅާގެ ފަސްބައި ސާފުވާނެކަމަށް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް ނާޒިމް މިހެން ވިދާޅުވީ ހިޔާ ފްލެޓް ސަރަޙައްދުގައި ރޭ އެޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުގެ ޚިދުމަތުގެ 25 އަހަރާއި އިތުރަށް ހިދުމަތް ކުރެވުނު ބައިގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާ އެކުގައި މަސައްކަތްކޮށްފައި އޮންނާނީ!"

ނާޒިމް ވިދާޅުވީ 2012 ފެބުރުވަރީ 7 ވަނަ ދުވަހު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވިއިރު އެބޭފުޅާ އަދާކުރެއްވީ ޤައުމީ ވާޖިބުކަމަށެވެ. އަދި އެބޭފުޅާ ކުއްވެރިވާނެ އެއްވެސް ކަމެއް އެދުވަހު ކުރައްވާފައި ނުވާނެެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް އަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ނާޒިމް ވަނީ 2012 ގައި ވެރިކަން ބަދަލުވި ގޮތުގެ ތަޙުޤީގު ކުރުމަށް އެކުލަވާލި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު ގެއްލުނު ވާހަކަ ދައްކައިގެން އެބޭފުޅާއަށް ބިރު ދައްކަން ނޫޅުމަށް ގޮވާލާފައެވެ.

"އަޅުގަނޑުމެންނަށް ބިރު ދައްކަން އުޅޭނެ ކަމެއް ނެތް، ކޯނީ ރިޕޯޓްގެ ވާހަކަދައްކާނެ ކަމެއް ނެތް، ތަފާތު ވާހަކަދައްކަވާނެ ކަމެއް ނެތް، އަޅުގަނޑުމެންގެ ފަހަތުން ދުވެވޭނެ ގޮތެއް ނޯންނާނެ، އަޅުގަނޑުގެ ފަސްބައި ސާފުވާނެ، ފަހަތުން ދުވާނެ އެއްޗެއް ނޯންނާނެ" ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޚިދުމަތުގެ 25 އަހަރާއި އިތުރަށް ހިދުމަތް ކުރެވުނު ބައިގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާ އެކުގައި މަސައްކަތްކޮށްފައި އޮންނާނީ!"

ނާޒިމް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމުން ބާލާފައި ނޫނީ ދޫނުދެއްވާނެކަމަށް ގޮވާލާފައެވެ.

Ads by HDC
  1. ފަސްބައިސާފެއް ނޫން . ބަގީޢެއް. ބަގާވާތް ކޮއްފައޮތަީ

  2. ހަސަންބެ

    ކަލޭގެ ފަސްބައިގައި ހުރި ސާފު ރީތިކަން ރައްޔަތުން ހޭލާ ބަލަންތިބި! ބަޢާވާތްކުރި ދުވަހު،ދުލުގައި،ކައްޓެއް ނުޖެހެންޏާ ކޮންމެ ވާހަކައެއްވެސް ދައްކާލެވިދާނެ! ﷲ ގިޔާމަތްދުވަހު ތިހެނެއްނުބުނެވޭނެ،ވިސްނާތި!!! ފިސްތޯލަ ނާޒިމް،

  3. ބަގާވާތް ތެރޭން ފެނުންހަނދާނެއްވޭ. އެހާދެން ފަސްބައި ސާފުވާނީ