ޚަބަރު ސިޔާސީ

ޑިމޮކްރެޓްސްގެ ކެމްޕޭން ފަހު ޖަލްސާ މިރޭ މާލޭގައި ބާއްވަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ދަ ޑިމޮކްރެޓްސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާ އިލްޔާސް ލަބީބްގެ ކެމްޕޭން ނިންމުމުގެ ޖަލްސާ މިރޭ މާލޭގައި ބާއްވަން ނިންމައިފިއެވެ.

Ads by Sosun Fihaara

ޑިމޮކްރެޓްސްއިން މިކަން ހާމަކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައި ސަލްޓަންޕާކުގައި ކަމަށާއި މި ޖަލްސާގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށެވެ.

ރިޔާސީ އިންތިޚާބަށް ދެދުވަހަށް ވެފައިވާއިރު ޑިމޮކްރެޓްސް ހިމެނޭގޮތަށް ހުރިހާ ކެންޑިޑޭޓުންވެސް ފެންނަނީ ކެމްޕޭނުގައި އަވަދިނެތި އުޅުއްވާތަނެވެ. އެގޮތުން، ރޭގައި އައްޑޫ ސިޓީގައި ޑިމޮކްރެޓްސްއިން ފޯރިގަދަ ޖަލްސާއެއް ބާއްވާފައިވާއިރު ރައީސް ޞާލިޙުވެސް ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!