ޚަބަރު

ދެން ސާވޭ: ގަން-ފޮނަދޫގައި ޕީޕީއެމް ލަޝްކަރު ވަރުގަދަ, ކުރީގައި ޑރ. މުޢިއްޒު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ދެން އޮންލައިން" އިން ލާމު އަތޮޅުގެ އެންމެ ބޮޑު ދެ ރަށުގައި ނެގި ސާވޭއިން އިން ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކުރި ހޯދައިފިއެވެ.

Ads by Sosun Fihaara

ސާވޭގައި ގަން އަދި ފޮނަދޫން 475 މީހުންނާ ވަނީ ވަކި ވަކިން ސުވާލު ކުރެވިފައެވެ.

އޭގެ ތެރެއިން 97 މީހަކު އެކި ސަބަބުތަކާހުރެ ސާވޭގައި ބައިވެރިވާން ވަނީ ދެކޮޅު ހަދާފައެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 18 މީހަކު ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ނުލާން ނިންމާފައިވާ ކަމަށެވެ. ވޯޓްލާނެ ކަމަށް ބުނެ, ސާވޭގައި ބައިވެރިވެފައިވަނީ 380 މީހުންނެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ މި ސާވޭގެ ޖުމްލަ ނަތީޖާ ލި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

ސާވޭގައި އެންމެ ކުރީގައި އުޅެނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒެވެ. މުއިއްޒު ވަނީ 159 މީހުންގެ ތާއީދާއެކު (44.14 އިންސައްތަ) ކާމިޔާބު ކުރައްވާފައެވެ. ޖެހިގެން އޮތީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙަށް އެރަށުން ލިބިވަޑައިގަތީ 126 މީހުންގެ ތާއީދެވެ. އެއީ 35 އިންސައްތައެވެ. ތިން ވަނައިގައި 12.5 އިންސައްތަ (45 މީހުންނާއެކު) އޮތީ ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމެވެ. ހަތަރު ވަނައިގައި އޮތީ އެމްއެންޕީގެ ނާޒިމެވެ.. އެމަނިކުފާނަށް 16 މީހަކު ތާއީދު ކުރެއްވިއިރު, އެއީ ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 4.44 އިންސައްތައެވެ.  ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 1.39 އިންސައްތައެވެ. ފާރިސްއަށް 1.11 އިންސައްތަ ލިބިވަޑައިގަތްއިރު, އުމަރު ނަސީރަށް 0.83 އިންސައްތަ ލިބިވަޑައިގަތެވެ. ފުލުގައި އޮތީ 0.56 އިންސައްތައާއެކު ޒަމީލެވެ.

އެޑިޓަރުގެ ނޯޓް: މި ސާވޭ ކުރިޔަށް ގެންގޮސްފައިވަނީ 10 އޯގަސްޓް އިން ފެށިގެން 26 އޯގަސްޓާ ހަމައަށެވެ.މި ސާވޭގެ 95 އިންސައްތަ އަކީ ސީދާ ރަށްރަށަށް ދަތުރުކޮށް, ދޮރުން ދޮރަށް ހިނގާ, ކެފޭތަކާއި ރެސްޓޯރެންޓޯރެންޓްތަކާއި އޮފީސްތަކުގެ ބޭރުގައި ތިބެ ނަގާފައިވާ ސާވޭކަން ފާހަގަކޮށްލަމެވެ. 5 އިންސައްތައަކީ ފޯނުން ގުޅައިގެން ނަގާފައިވާ ސާވޭތަކެވެ.

Ads by HDC
  1. އިބްރާހީމް މުހަންމަދު ސޯލިޙް

    ޕީ،އެންސީ އިން ވޯޓެއް ނަގާބަލަ އެމް،ޑީ،ޕީ މޮޅުވޭތޯ.. މިނޫހަކީ އެމް،ޑީ،ޕީ އާއި ދެކޮޅު ނޫހެއްކަމުން ކޮންމެ ޕޯލް އަކުން އެމް،ޑީ،ޕީ ނަލިވާނެ.. މިނޫހުން ކުރާ ސާވޭ ހަމަނުޖެހޭކަން އިނގޭނެ 2018 ގައި ނެގި ޕޯލް ތަކުން..

  2. އަބްދުު

    އެހެންވީމައޭ އެންމެ ތަރައްގީވެސް ނުވާ ސަރައްދު ތީ