ޚަބަރު

ދެން ސާވޭ: ކުޑަ ތަފާތަކުން ތިނަދޫ މިފަހަރު ފޮޅޮލާލާނީ ޕީއެންސީ ފަޅިއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ދެން އޮންލައިން" އިން ތިނަދޫ ސިޓީގައި ނެގި ސާވޭއިން އިން ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް, ޑރ. މުޙައްމަދު މުޢިއްޒު ކުރި ހޯދައިފިއެވެ.

Ads by Hajj Corporation

ދެން އިން ކުރިޔަށް ގެންދިޔަ ސާވޭގައި ތިނަދޫގެ 669 މީހުންނާ ވަނީ ސާވޭ ކުރެވިފައެވެ. އޭގެ ތެރެއިން 132 މީހަކު އެކި ސަބަބުތަކާހުރެ ސާވޭގައި ބައިވެރިވާން ވަނީ ދެކޮޅު ހަދާފައެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 28 މީހަކު ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ނުލާން ނިންމާފައިވާ ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ މި ސާވޭގެ ޖުމްލަ ނަތީޖާ ލި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

ސާވޭގައި އެންމެ ކުރީގައި އުޅެނީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒެވެ. މުއިއްޒު ވަނީ 208 މީހުންގެ ތާއީދާއެކު (40.86 އިންސައްތަ) ކާމިޔާބު ކުރައްވާފައެވެ. ޖެހިގެން އޮތީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސް ޞާލިޙަށް އެރަށުން ލިބިވަޑައިގަތީ 198 މީހުންގެ ތާއީދެވެ. އެއީ 38.9 އިންސައްތައެވެ. ތިން ވަނައިގައި 8.25 އިންސައްތަ (42 މީހުންނާއެކު) އޮތީ ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމެވެ. ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 6.09 އިންސައްތައެވެ. އެއީ 31 މީހުންގެ ތާއީދެވެ.

އެޑިޓަރުގެ ނޯޓް: މި ސާވޭ ކުރިޔަށް ގެންގޮސްފައިވަނީ 10 އޯގަސްޓް އިން ފެށިގެން 26 އޯގަސްޓާ ހަމައަށެވެ.މި ސާވޭގެ 95 އިންސައްތަ އަކީ ސީދާ ރަށްރަށަށް ދަތުރުކޮށް, ދޮރުން ދޮރަށް ހިނގާ, ކެފޭތަކާއި ރެސްޓޯރެންޓޯރެންޓްތަކާއި އޮފީސްތަކުގެ ބޭރުގައި ތިބެ ނަގާފައިވާ ސާވޭކަން ފާހަގަކޮށްލަމެވެ. 5 އިންސައްތައަކީ ފޯނުން ގުޅައިގެން ނަގާފައިވާ ސާވޭތަކެވެ.

Ads by HDC
  1. ކެޔޮޅުބެ

    ހަމަ އެކަނި މުއިއްޒު ގެ ސަޕޯޓަރުން ތަ ތީގަ ބައިވެރި ވަނީ ؟

  2. އިބުރާހީމް މުހަންމަދު ސޯލިޙް

    މިނޫހަކީ އެމް،ޑީ،ޕީ އާއި އިދިކޮޅުމީހުންގެ ނޫހެއްކަމުން މަގާ ކޮންމެ ޕޯލް އަކުން މުއީޒު އުޅޭނީ ކުރީގަކަން ވަރައްރަނގަޅައް އިނގޭ.. އެކަން އިނގިގެންދާނެ 2018 ގައި ނެގި ޕޯލް ތަކުން..