ޚަބަރު ސިޔާސީ

ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރަން ޖެހޭނެ: ފައިސަލް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ނާއިބު ރައީސް ފައިޞަލް ނަސީމް އާއި އަނބިކަނބަލުން ވޯޓުލެއްވުމަށްފަހު އިނގިލީގެ ނިޝާން ދައްކަވާލައްވަނީ، ފޮޓޯ: އަވަސް

މިއަދު ދިވެހި ރައްޔިތުން ނިންމާ ނިންމުމަށް ހުރިހާ ރައްޔިތުންވެސް އިޙްތިރާމްކުރަންޖެހޭނެކަމަށް ނާއިބު ރައީސް ފައިޞަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

Ads by STELCO

ނާއިބު ރައީސް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ފައިޞަލް ވަނީ ވޯޓު ލުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ އަސާސީ ޙައްޤެއްކަމަށާއި ވޯޓުލުމުގެ ޙައްޤުލިބިފައިވާ ކޮންމެ ރައްޔިތަކު ވޯޓުގެ ބޭނުންހިފުމަށް އެދިވަޑައިގެންފައެވެ.

މި އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިޚާބުކަން ފާހަގަކުރައްވާ ފައިޞަލް ވިދާޅުވީ އަދި މިހާތަނަށް އިންތިޚާބު ކުރިއަށްދަނީ ވަރަށް އަމާންކަމާއެކުކަމަށް ފާހަގަކުރެވޭކަމަށެވެ.

މި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމުނުކަމުގައިވިއަސް، އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް ޤައުމައިގެން ކުރިއަށް ދިއުމަށްވެސް ނާއިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

"އެ ނިންމުން އެއީ ރައްޔިތުންގެ ނިންމުން. އެހެންކަމުން އެ ނިންމުމަށް އިޙްތިރާމް ކުރަންޖެހޭނެ." ނާއިބު ރައީސް ފައިޞަލް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.

Ads by HDC
  1. ދަންނާތި

    ވޯޓްއިން ވައްކަން ކޮށްގެންނޭ ރައީސް އިބޫ 2018 ގައި ވެރިކަމަށް ފާވީ އެހެންވެއޭ އޭނާ މިގައުމުގެ މިނިވަން ކަން އިންޑިއާ ވަގުންނަށް ވިއްކާލަން ވެގެން އުޅެނީ ސަރުކާރަކީ ވޯޓްވަގު ސަރުކާރެކޭ އެ ވަގުން ތައް މިފަހަރު ވެސް ވޯޓް އިން ވައްކަން ކުރާނެއޭ އެކަން ކުރާނީ ނަތީޖާ އިއުލާން ކުރާއިރު އާއި އަދި ވޯޓް ފޮށިތައް ބަންދުކުރާއިރު މިކަން ކަން އިދިކޮޅު ޕާރޓީ ތަކުން ގާތުން ބަލާށޭ މިސަރުކާރަކީ އެއީ ވަުގުންގެ ސަރުކާރޭ މިކަން ކަން ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ ބަލާށޭ އެއްގޮތަކަށް ވެސް އިދިކޮޅު ޕާރޓީ ތަކުން ފަސޭހަ ރަހްމަަތަކުން މިފަހަރު ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ވެސް އަދި ދާއިމީ ނަތީޖާ ވެސް ގަބޫލުކޮށްގެން ނުވާނެއޭ ވާނެ އެއްޗެއް ވާންވީއޭ ވަގުވޯޓް ލައިގެން ވަގުންނަށް ސަރުކާރު ހަވާލު ނުކުރެވޭނެއޭ މިކަން ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ ދަންނާށޭ

    • ފަތިފުއް

      ކިހާވަރެއް ލިބޭތޯ ތިމަސައްކަތަށް.

    • ކިޔުންތެރިޔާ.

      2018 ގަ އޮތީ ވަގު ޔާމީނު ސަރުކަަރު. އެފަހަރު އަނގޮޓި އެއް ބޭނުން ކޮއްގެން ކިތައް މީހުންގެ ވޯޓު ބާތިލުކުރީ؟ މާ ޔާމީން ވެފަ ތިބޭ އާލާތުނަކަށް އެމީހުންކުރާ ކަމެއް ނޭގޭނެ. 2018 ގަ ވައްކަން ކޮއްގެންވެސް ޔާމީނު ވީ ބަލި. ދެން ލަލަލަ!!!!!!!