ޚަބަރު ސިޔާސީ

ކަންކަން އިސްލާހު ކުރުމުން ރައީސް ޞާލިޙަށް މޮޅުވެވޭނެ: ޝަރީފް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކަންކަން އިސްލާހު ކުރުމުން ދެވަނަ ބުރުން ރައީސް ޞާލިޙަށް މޮޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިހާބުގެ ނަޖީއާ ގުޅޭގޮތުން ކުރެއްވި ޓްވީޓޭއްގައި ޝަރީފް ވިދާޅުވީ ކޮންމެ ވެސް ސަބަބަކާ ހުރެ ގިނަ އަދަދެއްގެ މީހުން ވޯޓު ލާން ނުނިކުންނަ ކަމަށެވެ. އެކަން ކަން ބަލައި އިސްލާހު ކުރުމުން އެމްޑީޕީ އަށް ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި ކުރީގެ ރައީސުންގެ ސައިޒު މިހާރު މާ ބޮޑަށް ވެސް ސާފުވެއްޖެ ކަމަށާއި 2013ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް 5 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވި އިރު، މި އިންތިހާބުގައި ނަޝީދަށް (ޑިމޮކްރެޓުންނަށް) ލިބިވަޑައިގަތީ 7 އިންސައްތަ ވޯޓު ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 84،805 ވޯޓެވެ. އެއީ 39.04 އިންސައްތައެވެ. އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100،342 ވޯޓެވެ. އެއީ 46.19 އިންސައްތައެވެ.

Ads by HDC
  1. މުންޖިޗޭ

    އަޑިނޭގޭ އެއްބަސްވުންތައް ހާމަކޮށް އިންޑިޔާސިފައިން ބޭރުކުރަން ކެރޭނަތަ؟ ބަދަލުގެ ގޮތުގައި ގާތްއަޢުވާނުންނަށް ބައިތުލްމާލުން ބަހާލި ފައިސާތައް އަނބުތުލައި ޖަމާކުރަން ކެރޭނެތަ؟ ނިކަން މިކަންތައް އިސްލާހުކޮށްބަލަ!

    • ނަރުގިސް

      އިންޑިއާ ސިފައިނ ތިބީ ރާއްޖޭގަ ކޮނތަނެއްގަ ތޯ ބުނެދޭންވީ ނޫންތޯ

  2. ށަމީރު

    ތިހެންވިއްޔާ ވިއްކާލިކަޑުއަބުރާގެނޭ ޗާއޯސްލިބެންޖެހޭނީރާއްޖެއައްކަމުގައި މައްސަލަ ހުށައަޅާ އިންޑިއާ ސިފައިން ބޭރުކުރޭ ޖިއެސްޓީ ޖުޑަކުރޭ ކޮތަޅުކާރި އުވާލާވަގައްނެގިލާރިއެއްވިއާޔާދީ

  3. ައާމިނަަ

    މިހާރު އެއްބަސް ވެވިއްޖެ ކަންތައްތައް ރަނގަޅު ނޫންކަން. މަ ވޯޓާ ޝަރީފް

  4. ޅަސޮރު

    މީހެއްހެ ކިބައިގައިހުރި ސިފައެއް އެއްދުވަހުން ދެދުވަހުން ކަނޑާލެވޭނެތަ ޝަރީފުވެސް ކޮސްވާހަކަ ނުދައްކާ

  5. އަޑިކޮންނަ

    ތިކަހަލަ އމިއްލަ އެދުންބޮޑު މިހުން ގާތުގަ ތިބިހާ ދުވަހަކު ކަންކަން އިސްލާހެއް ނުވާނެ. އުމުރަށް ޖަލަށް ހުކުމް ކޮށްފަހުރި ކަލޭގެ މީހާ ދޫކޮށްލާފަ ނިކަމެތި ފަގީރުމީހާގެ ދަރިފުޅު ޖަލުގަ ބެހެއްޓުން އޯކޭ ވާމީހުނަށް ކިހިނެއް ކަމެއް ރަނގަޅުކުރާނީ.

  6. ހިންނަވަރޭ

    ވަގުންނާއި ޗޯރުންނަށް ކަންކަން އިސްލާހުކުރަން ޖެހިފަހުރިކަން އެނގުނީ ވޯޓާ ހިސާބުންތަ؟

    ކިތައްކަންކަން އިސްލާހުކުރަންޖެހިފަ ހުރެގެން އެވާހަ އިއްވަމުން ރައްޔިތުން ދިޔައީ
    1. ކޮރަޕްޝަން އެވަރަށް،
    2. މނިވަން މުއައްސަސާ މުށުތެރޭގަަ
    3. އަދުލު އިންސާފު އޮޅާލާފަ
    4. ގައުމުގެ މިނިވަންކަން އޮޔާދަނީ
    5. ސިޔާސީ މަގާމުތައް ހައްދު ފަހަނައަޅާ ވަރަށް
    6. ރައްޔިތުން ލޯކުރިމަތިން ހެކިވަމުންދާ ގޯސް ކަންކަމުގަވެސް ހަވާލެއް ނުވޭ
    7. ރައްޔިތުންނަކީ މަންމަމުންކަމަށް ދެކެނީ. ގަނެ ވިއްކާ ވަގުތީ އުފަލަކަށް ހަދަނީ
    8. ޑްރަގް މައްސަލައަށް ގައްލެއް ނުލިބޭ. އެއީ އޮތް ކަމަކަށްވެސް ނަހަދާ
    9. ވަގާއޖ މަކަރާއި ހީލަތުން ކޮންމެކަމެއްވެސް ކުރަނީ