ޚަބަރު ސިޔާސީ

ދެވަނަ ބުރުގައި ޖޭޕީއާއެކު ކޯލިޝަން ނުހެދުމަށް ރައީސް ޔާމިންގެ އެންގެވުމެއް!

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއެކު ކޯލިޝަން ނުހެދުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމިން އަންގަވައިފިއެވެ.

Ads by STELCO

ރައީސް ޔާމިންގެ ޤާނޫނީ ޓީމުން ވަނީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އިއްޔެގެ ވަގުތެއްގައި މާފުއްޓައް ވަޑައިގެންފައެވެ.

"އިންސްޓްރަކްޝަނެއްގެ ގޮތުގައި އެންގެވި އެންގެވުމެއް އެއީ، ވިދާޅުވީ އެ މަނިކުފާނުގެ ޝައުގުވެރިކަމެއް ނެތޭ އެ ކަމުގައި" ރައީސް ޔާމީންގެ އަރިސް ބޭފުޅަކު ވިދާޅުވިއެވެ.

ޖޭޕީގެ ރައީސް ޤާސިމް އިބްރާހިމްއާއެކު ކޯލިޝަން ނުހެދުމަށް ރައީސް ޔާމިން އެދިވަޑައިގެންފައިވާއިރު، މިހާރު ޖޭޕީގައި އެންމެ އިސްކޮށް އުޅުއްވަނީ ކުރިން ރައީސް ޔާމިންއާއެކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.

އޭގެ ތެރޭގައި އަޙްމަދު ނިހާނު، ރިޔާޒް ރަޝީދު، ޢަލީ ޢާރިފް އަދި އިލްހާމް އަޙްމަދު ހިމެނެއެވެ.

އެ ބައްދަލުވުމަށްފަހު އެ ޓީމުގެ އެންމެ އިސްކޮށް އުޅުއްވާ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ ރައީސް ޔާމީން ވަނީ ޑރ. މުއިއްޒުއަށް ތާއީދު ހޯއްދެވުމަށާއި ހިތްވަރު ދެއްވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒުއަށް ކާމިޔާބީ ހޯއްދަވައިދެއްވުމަށް  ރައީސް ޔާމިން އެދިވަޑައިގެންފައިވާކަމަށެވެ.

"މިއީ ބޭރު ސިފައިން ބޭރުކޮށް، ޤައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުޞަތެއް" ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒު ވަނީ 101،482 ވޯޓު ހޯއްދަވައި ކުރި ހޯއްދަވާފައެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙު ހޯއްދެވީ 86،081 ވޯޓެވެ.

ޖޭޕީގެ ކެންޑިޑޭޓް ޤާސިމްއަށް ލިބިވަޑައިގަތީ 5453 ވޯޓެވެ.

Ads by Ooredoo
  1. ބަލާތި

    އެއްގޮތަކަށް ވެސް މަމެން ގަބޫލެއް ނޫން ރައީސް ޔާމީން އެކަނި ނިންމަވައިގެން ޖޭޕީ އާއި އެކު ކޯލިޝަން ނަހަދަން ޕީޕީއެމް އަދި ޕީއެންސީ ވެސް ނިންމުން ގާސިމަށް ލިބުނު ވޯޓް އެއީ އިމޭޖިނެރީ ނަމްބަރސް ތަކަށޭ ބަދަލުވެގެން ދާނީ ދެވަނަ ބުރުގައި ގާސިމް އަކީ ފައިސާ ވެރިއެއް ގާސިމް ކަށިން ހިތްވަރު ނަގާ މަސައްކަތް ކުރާނެ ޕީޕީއެމް އިން އިސްވެ އޮވެ ގާސިމް އާއި އެކު ކޯލިޝަން ނަހަދާނަމޭ ޕީޕީއެމްގެ އެންމެ އިސްފަރާތް ބުނުން ވިޔާފާރިވެރިން ބިރުގަނެ ވޯޓްނުދީވެސް ފާނެއޭ

  2. ރޫޅާލާ

    އަންނި އަންނަނި އަންނި އޭއި އެމްޑީޕީ ރޫޅެނީތޭ އާންއެކޭ އަންނަގަ ރޫޅާލަން މަޑުކޮށްލާ މިނެރެނީ މިގެއިން ރެންޗް ސެޓާއި ސޮކެޓް ފޮށި މިނެރުނީއޭ އަސްލުވެސް ރޫޅާލަންވީތޭ އެމްޑީޕީ އަންނި އަހާން ބަލަގަ ރޫޅާލާ މިއޮތް ގޯންޏަށް ރޫޅާލި ތަކެތި އަޅާފައި ކޮލަމާފުއްޓާ ޖާބިރު އާއި ހަވާލު ކުރެގަ ބާދަގަނޑަށް ކިރާފައި ލިބޭ ފައިސާ އިން ލޮލީ ހަދަން އިނގޭތޭ މައްސަލަ އެއް ނެތޭ ރޫޅާލަނީއޭ އެމްޑީޕީ މިހާރު އެކޮއި ހުރިހާ ބޯލްޓްސް ތައް ދޫކޮށް އެމްޑީޕީ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ ރޫޅާލާ

  3. ބާލާށޭ

    ރައީސް އިބޫ ތަ އިންޑިއާ ސިފައިން އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ މިހާރު އިންޑިއާ ސިފައިން ބާލަންވީއޭ ބާލާބާލާ މިރާއްޖޭގައި އެބަތިއްބޭ ސަރުކާރުން ކާންދީ މުސާރަ ދީ ބަލަހައްޓާ އިންޑިއާ ސިފައިން ބަރުހަތިޔާރާއި އެކު 15 ހާސް ސިފައިން މީހާދަ ގިނަ އަދަދެކޭ މީ ރާއްޖޭގެ ޑިފެންސް ފޯރސްގެ 5 ގުނަ ބޮޑު އަދަދެކޭ މިހުރިހާ އެންމެން ބާލާށޭ އެނޫން ނަމަ އިންޑިއާ ސިފައިންނާއި ދިވެހިންނާއި ދެމެދު ދާޚިލީ ހަނގުރާމަ އެއް ހިނގައިފާނެއޭ އިންޑިއާ ސިފައިން މިގައުމުގައި ބައިތިއްބައިފިނަމަ ދެވަނަ ފަލަސްތީނަށް މިރާއްޖެ ބަދަލުވާނެއޭ ރައީސް އިބޫގެ ދެވަނަ ދައުރުގައި އެއީ ޔަގީން ކަމެކޭ އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އައުޓް