ޚަބަރު ސިޔާސީ

ޤައުމުގެ އިސްލާޙަށް ކުރާ މަސައްކަތުގައި ދެމިތިބޭނަަން: ޖޭޕީ

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް، ޤައުމުގެ އިސްލާޙަށާއި ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެޕާޓީން ކުރާ މަސައްކަތުގައި ދެމިތިބޭނެކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

Ads by MWSC

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަށްފަހު ނެރުނު ނޫސް ބަޔާނެއްގައި ޖޭޕީން ވަނީ ޤައުމުގެ އިޤްތިޞޯދީ ދުޅަހެޔޮކަމާއި، ޤައުމުގެ ހަމަޖެހުމާއި ސަލާމަތަށް ކުރަންޖެހޭ ކަންކަން ކުރުމުގައި އެޕާޓީން ދެމިއޮންނާނެކަމަށް ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ގޮތެއް ނިންމުމާމެދު އެޕާޓީގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ވަރަށް އަވަހަށް އިޢުލާނު ކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް އަށް ލިބިވަޑައިގަތީ 5354 ވޯޓެވެ.

  1. ނަހުލާ ކަހަލަ އަނބިން ކައިރި ކުރީމަ ވާގޮތް ތިވީ. ކިތައް މުވައްޒަފުންގެ ބަދު ދުއާ ޖެހޭނެ ކަން ނަހުލާ އަށް ނޭގެ ދޯ