ޚަބަރު ސިޔާސީ

ދާން އޮތް ދެ މަގުވެސް އަނދިރިވެފައި ނާމާން، ހުއްޓި ތިބެވޭކަށް ނެތް: އަމްރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް ދާން އޮތް ދެ މަގުވެސް އަނދިރިވެފައި ނާމާން ކަމަށާއި ނަމަވެސް ހުއްޓި ތިބެވެން ނެތް ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓްގެ ގޮތުގައި ވާދަކުރެއްވި ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު މަގުގެ ކޮޅަށް އާދެވިއްޖެ ކަމަށެވެ. އަދި ދެން ކުރިޔަށް ދާން އޮތް 2 މަގު ވެސް އަނދިރިވެފަ ނާމާން ކަމަށާއި ނަމަވެސް  ހުއްޓި ތިބެވޭކަށް ނެތް ކަމަށް އަމްރު ވިދާޅުވިއެވެ.

“އިތުރު މަގެއް ކޮށައިގެން ކުރިޔަށް ދިޔުން ނޫންގޮތެއް ނެތް.
‏އަޅުގަޑުމެން އެދޭ ފުދުންތެރި އަބުރުވެރި ހަޔާތެްް އިރާދަކުރެއްވިއްޔާ ހޯދޭނެ” އަމްރު ވިދާޅުވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ޑިމޮކްރެޓްސްއިން ދެވަނަ ބުރުގައި ތާއީދު ކުރާނެ ޕާޓީއެއް އަދި ނުނިންމައެވެ. ނަމަވެސް ޕީޕީއެމް/ ޕީއެންސީ އާއި އެމްޑީޕީން ވެސް ވަނީ ޑޮމޮކްރެޓްސްއާ މަޝްވަރާކޮށްފައެވެ.

  1. ޢަޒްރާ

    ނަމަ ނަމަ ޕީޕީ އަށް ނާންނާތި އެއްވެސް ފަންޏެއް އަހަރެން ބޭނުމެއްނޫން ވ ސާފްކޮއް މިބުނީ

    • ޙުސެޔާ

      އަމްރު ކޮއްކޯ ޖީބު ފުރި ބަރާ ވެއްޖެ ދޯ

      • އަބުޅޮ

        އެމްޑީޕީއާ ނުގުޅޭތި، ޑިމޮކްރެޓްގަ ތިބީ އެމްޑީޕީން ކަނޑާބޭރުކޮށްލިި މެމްބަރުން، އެެމެމްބަރުން ބޭނުންވަނީ އިބޫނޫންގޮތެއް

  2. ފާރިޝްއަކީ އެންމެބޮޑު ފަނި

  3. ފަަރުދުން

    ހެޔޮ ވިސްނޭ ބަޔަކު ފާރިޝް ކާރި ނުކުރާނެ ވާރަށް ބޮޑު ފަންޏެއް އެޢީ