Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޤައުމުގެ އަމިއްލަވަންތަކަން ގެއްލި، ތަރައްޤީގެ ކަންކަން ސޮއްސާލައިފި: މުޢިއްޒު

ޤައުމުގެ އަމިއްލަވަންތަކަން ގެއްލި، ތަރައްޤީގެ ކަންކަން ސޮއްސާލައިފި: މުޢިއްޒު

ޤައުމުގެ އަމިއްލަވަންތަކަން ގެއްލި، ތަރައްޤީގެ ކަންކަން ސޮއްސާލައިގެން ގޮސްފައިވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިދަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ.ދަނގެއްޗަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ހުރިހައި ރައްޔިތުން ވެސް ޤައުމީ ވިސްނުން އިސްކޮށް، ވޯޓުލާާން ނުކުތުމަށް މުޢިއްޒު ގޮވައިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރަކީ، ޤައުމުގެ ކުރިމަގު ކަނޑައަޅާނެ ބުރު ކަމަށެވެ.

"އިޤްތިޞާދު މި ވަނީ އަނދަވަޅަކަށް ވެއްޓިފައޭ،  އިޖްތިމާޢީ ޙާލަތު މި ވަނީ ވަރަށް ވެސް ބޮޑަށް ގޯޯސްވެފައި. އެހެންވީމަ، މި ހުރިހައި ކަމެއް ރަނގަޅު ކުރުމުގެ ފުރުޞަތު، އަޅުގަނޑުމެން، ކޮންމެ މީހަކަށް މި ލިބެނީ." މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)
މުޢިއްޒު ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް ފުރުސަތު ދެއްވައިފިނަމަ، ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދެއްވުމުގައި އެމަނިކުފާނު ސާބިތުވެ ހުންނަވާނެ ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަން ޔަޤީން ކޮށްދެއްވުމަށް ވެސް ވަޢުދުވެވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް