ޚަބަރު ސިޔާސީ

ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން: އަމްރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓްގެ ގޮތުގައި ވާދަކުރެއްވި ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން ކަން މިދިޔަ 3 ދައުރުން ސާފުވާ ކަމަށެވެ. އަދި ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިޚާބެއްގެ ފުރަތަމަ ބުރާ 2 ވަނަ ބުރާ ދޭތެރޭގައި ލިބޭ ވަގުތު ކަމަށް އަމް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކާ ކުރެވޭނީ އެކަން އޮގޮތަށް ކުރެވޭނެ ނިޒާމެއް އޮވެގެން ކަމަށާއި އެގޮތަކީ ރައްޔިތުންނާ ގާތުން ހިންގޭ ވެރިކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ. އެ ނިޒާމަކީ މަޖިލިހުގެ ތެރެއިން ހިންގޭ ސަރުކާރެއް ކަމަށެވެ.

އަމްރު ވިދާޅުވީ މިކަމުގައި ހުށަހަޅާ ހުށަހެޅުމަކީ މި މަހު 25 ގައި ރައްޔިތުންނަށް ނިޒާމާ ގުޅޭ ގޮތުން ބަސްބުނަން ފުރުސަތު ދިނުން ކަމަށެެވެ. "އަދި އޭގެ ފަހުން 30 ވަނަ ދުވަހު 2 ވަނަ ބުރުގެ ވޯޓު ލުން. ނިޒާމަށް ބަދަލު ގެންނަން ފެނިއްޖެ ނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސް އަކީ ބަރުލަމާނީ ނިޒާމެއްގެ ރައީސުލް ޖުމްހޫރިއްޔާ" އަމްރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!