ޤައުމު ސަލާަަމަތް ކުރެވޭނީ، ޤައުމީ ރޫޙު އިިސްކޮށް، އެކަތިގަނޑަކަށް ވެގެން: މުއިއްޒު

ޤައުމީ ދުވަހު ޢަޒުމް އައުކޮށް، ޤައުމީ ރޫޙު އިސްކުރަން ޖެހޭ ކަމަށާއި، އެ ރޫޙުގައި ނުކުމެ ޤައުމު ދިފާޢު ކުރުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.
ރިޔާސީ ކެމްޕެއިނުގައި މިއަދު ހއ.މުރައިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މުޢިއްޒު ވިދާޅުވީ، ޤައުމުގެ ޙާލަތު ހުރި ގޮތުން، ފަޚުރުވެރި ޤައުމީ ދުވަސް، ހިތާމަވެރި ދުވަހަކަށް ވެފައިވާ ކަމަށެވެ. މި ޙާލަތުން ޤައުމު ސަލާމަތް ކުރުމަށް ހުރިހައި ސިޔާސީ ފިކުރަކުން ވެސް ޤައުމީ ވިސްނުމެއްގައި ނުކުމެ މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ."މިއަދު އެބަޖެހޭ އެންމެން އެކަތިގަނޑަކަށް ވާން، ވެގެން ޤައުމު ސަލާމަތް ކުރެވޭނީ." އެމަނިކުފާނު ވިދާޅުވިއެވެ.މުއިއްޒު ވަނީ މުރައިދޫން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހޯދި މެޖޯރިޓީ، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ދެވަނަ ބުރުގައި ވެސް ތަކުރާރު ކުރާނެކަން ޔަޤީން ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، އެހެން ރަށްތަކެކޭ އެއްގޮތަށް މުރައިދޫއިން އެދޭ ކަންކަން ވެސް ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށެވެ.






ކޮމެންޓް