Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މުއިއްޒު ތަކުރާރުކޮށް ދެއްވަނީ މަޝްރޫޢުތައް ހުއްޓައިނުލައި، ބާރަށް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން

މުއިއްޒު ތަކުރާރުކޮށް ދެއްވަނީ މަޝްރޫޢުތައް ހުއްޓައިނުލައި، ބާރަށް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން

އެއްވެސް މަޝްރޫޢުއެއް ހުއްޓައިނުލައްވާނެ ކަމުގެ ޔަޤީންކަން، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ދެއްވައިފިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ށ.ގޮއިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ވާހަކަ ދައްކަވަމުން، މުއިއްޒު ވިދާޅުވީ، ގޮއިދޫގައި ވެސް ނަރުދަމާގެ މަޝްރޫޢު ފަށައިގެން ކުރިއަށްދާއިރު، އެ މަޝްރޫޢުއާއި އިތުރު އެހެންކަންކަން ވެސް، މިހާރަށްވުރެ ރަނގަޅަށް، ހަލުވި ސްޕީޑްގައި ކުރިއަށްދާނެ ކަމަށެވެ. މުއިއްޒު ވަނީ ސިޔާސީ ވަޒީފާއެއް ފިޔަވައި، އެހެން އެއްވެސް ވަޒީފާއަކުން، އެއްވެސް ރައްޔިތަކު ވަކި ނުކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް-‏ޕީއެންސީގެ ވެރިކަމެއްގައި ކޮންމެ ރަށެއްގެ ސިއްޙީ މަރުކަ‏ޒު އަޕްގްރޭޑް ކުރުމާއިއެކުގައި، ރަށުގެ އާބާދީ އާއި އެކަށީގެންވާ ވަރެއްގެ ލެބޯޓްރީއެއް ވެސް ގާއިމު ކުރައްވާނެ ކަމަށެވެ. "މި ރަށުގައި ވެސް، ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާ ކުރެވި، ޖާގަ އިތުރު ކުރެވި، އެހެންކަންކަން ވެސް ކުރެވޭނެ، ކުރާއިރު ލެބޯޓްރީގެ ހިދުމަތް ވެސް ދެވޭނެ." މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ރަށެއް، އާބާދީއަށް ބަލައި ތަފާތު ނުކުރައްވާނެ ކަމަށެވެ.  

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް