ރައީސް ޔާމީން އިތުރު ޕާޓިއެއް ހައްދަވާކަށް ނޫޅުއްވާ: ޕީޕީއެމް

ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލް ގައްޔޫމް، އިތުރު ޕާޓީއެއް ހައްދަވަން ނޫޅުއްވާ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ <span class="s7">ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަށް </span><span class="s7">ތަފާތު ފަރާތްތަކުން</span><span class="s7"> މަސައްކަތް ކުރާ ކަމަށާއި، އެފަދަ މަސައްކަތްތަކުގައި ބައިވެރި ނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. </span>
މީގެ އިތުރުން ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ އެކުގައި އެކަނި ކަމަށާއި އެމަނިކުފާނު އެހެން އެއްވެސް ޕާޓީއެއްގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި އިތުރު ޕާޓީއެއް އުފައްދަވައިގެން ސިޔާސީ މަސައްކަތް ކުރެއްވުމުގެ ޚިޔާލު އެމަނިކުފާނު ނުގެންގުޅުއްވާ ކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން އެމަނިކުފާނުގެ ނަން ބޭނުން ކޮށްގެން އެހެން ޕާޓީއެއް ހެދުމަށް ނުވަތަ ސިޔާސީ މަންފާއެއް ހޯދުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތުގައި އެ ކޯލިޝަނާއި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން އެފަދަ ފަރާތްތަކާ ބައިވެރި ނުވުމަށް އެ ބަޔާނުގައި ވަނީ ނަސޭހަތްތެރި ވެފައެވެ.







ކޮމެންޓް