ޚަބަރު

އަދީބުގެ ބޭސްފަރުވާގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްދީފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބްގެ ބޭސްފަރުވާގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަނެއްކާވެސް އިތުރު ކޮށްދީފިއެވެ.

Ads by MWSC

މައުލޫމާތު ލިބޭ ގޮތުގައި މި މުއްދަތު ކަރެކްޝަނުން އިތުރުކޮށްދީފައި މިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

މުއްދަތު އިތުރުކޮށްދިނީ މެޑިކަލް ބޯޑުން އެގޮތަށް ލަފާ ދިނުމުން ކަމަށްވާއިރު، އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ނުރައްކާވާ ފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯދުމަށެވެ.

ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުން ޖުލައި 12 ވަނަ ދުވަހު އެވެ. ސިންގަޕޫރަށް ބޭސްފަރުވާއަށް އަދީބު އޭރު ވަޑައިގަތީ 10 ދުވަހަށެވެ.

އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބުގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމެންޓްތަކަށް ބެލުމަށްފަހު ބޭސް ފަރުވާގެ މުއްދަތު ފުރަތަމަ ފަހަރަށް އިތުރުކޮށްދިނީ މިދިޔަ އޮގަސްޓް 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުއްދަތު ހަމަވާތީ ދެވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅުމުން އިތުރުކޮށްދިނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދީބަށް މީގެ ކުރިންވެސް ވަނީ ލޮލުގެ އެކި މައްސަލަތަކާއި ސިއްޙީ އެކި އެކި މައްސަލަތަކާއި ގުޅިގެން ކުއްލި ފަރުވާ ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!