ޚަބަރު ސިޔާސީ

އަލީ ސޯލިހުގެ ތާއީދުވެސް ރައީސް ޞާލިޙަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ތަރުޖަމާނު އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލީ ސޯލިހު ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޞާލިޙަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

Ads by STELCO

އަލީ ސޯލިހު މިއަދު ވިދާޅުވީ މި ވަގުތުގެ ހާލަތަށް ބަލާއިރު، ރާއްޖެއަށް އޮތް އެންމެ ރަނގަޅު ޗޮއިސް އަކީ ރައީސް ޞާލިޙް ކަމަށެވެ. އަދި އަނިޔާވެރިކަމަށް އަނބުރާ ދާން ބޭނުންނުވާ ކަމަށާއި ތާއީދު ކުރައްވަނީ ރައީސް ޞާލިޙަށް ކަމަށް ސޯލިހު ވިދާޅުވިއެވެ.

ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވެސް ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.

ރިޔާޒް ވިދާޅުވީ ރައީސް ޞާލިޙަކީ ވަރަށް ކުރީއްސުރެން ދަންނަ ރަޙުމަތްތެރި ބޭފުޅެއްކަމަށާއި، އެ ގުޅުމުގެ ތެރެއިން ރައީސް އޭނާގެ ތާއީދަށް އެދިވަޑައިގަތުމުން، ތާއީދުކުރުމަށް ނިންމެވީކަމަށެވެ.

Ads by Ooredoo
  1. ދޮށީބޭ

    ދެބޭފުޅުންނަށްވެސް،ގެރިއެއްފިހެލެވޭ ވަރުގެ ހޫނު މަރުޙަބާއެއް! ހިތްއެދޭގޮތަކަށް ކުރިއަށް ވަޑައިގަންނަވާ..އައްސަރިބަހާ ސާބަސް.