ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނަމަ، ޖެހޭނީ މިހާރު އޮތް ޤާނޫނޫ އަސާސީ ބަދަލުކޮށް މުޅި ޤާނޫނު އަސާސީ އަލުން ލިޔެ އެކުލަވާލަން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އިބްރާ މިހެން ވިދާޅުވެފައިވާއިރު އޭނާ އަކީ މިހާރު ޢަމަލުކުރަންދާ ޤާނޫނު އަސާސީ ޑްރާފްކުރި ކޮމިޓީގެ މުޤައްރިރު އެވެ.
އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި މެދު ދެކެވޭ ވާހަކަ އަށް އިޝާރަތް ކުރައްވާ އިބްރާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރާނަމަ، ޖެހޭނީ މިހާރު އޮތް ޤާނޫނޫ އަސާސީ ބަދަލުކޮށް މުޅި ޤާނޫނު އަސާސީ އަލުން ލިޔެ އެކުލަވާލަން ކަމަށެވެ.
ހަމަ އެހެންމެ މިއީ ހަމައެކަނި ޤާނޫނު އަސާސީގެ ރައީސުލްޖުމްހޫރިއްޔާގެ ބާބު ބޮޑުވަޒީރުގެ ބާބަށް ބަދަލުކޮށްގެން ކުރެވޭނެ ކަމެއް ނޫން ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމުތޯ ނުވަތަ ރިޔާސީ ނިޒާމުތޯ ބެލުމަށް އެންމެފަހުން ވޯޓެއް ނެގީ 2008 ވަނަ އަހަރު ފެހި ޤާނޫނު އަސާސީ އެކުލަވާމުގެ ކުރިން ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށްޓަކައެވެ. މިގޮތުން 2008 ވަނަ އަހަރު އަމަލުކުރަން ފެށުނު ފެހި ޤާނޫނު އަސާސީ ބައްޓަން ކޮށްފައި ވަނީ ރިޔާސީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށެވެ.
އަންނިއަކީީ މިގައުފަނާކޮއްފަވެސްް އެކަލޭޖީބުފުރާލަންމަސައްކަތްކުރާާ އިބިލީހެއްް މުޅިގައުމުު ހަލާކުކުރަނީި އަމިއްލަފައިދާއައްް
ވެރިކަން ކުރާނެ ކޮން ނިޒާމެއްގެ ވޯޓް ތޯ ނަގަން މިއުޅެނީ ރަސްކަން ރިޔާސީ ބަރުލަމާނީ، މިތިން ނިޒާމްގެ ތެރެއިން އަޅުގަޑަށް ތާޢީދު ކުރެވެނީ ރާއްޖޭގައި ރަސްކަމުގެ ނިޒާމެއް ހަލީފާގެ ނިޒާމެއް ބާއްވަން ހަލީފާ އައްޔަން ކުރާ ނިޒާމް !
ބަލާއެއްނު ކޮޕީ ނުކޮށްބަލަ!
މަޖިލިހުން ތިޔަފަދަ ކަމެއް ފާސް ކުރަން ބޭނުންވާ ޤާނޫނީ މެމްބަރުންގެ އަދަދު ހަމަނުވާ ޖަލްސާކުން ފާސްކުރި ޤަރާރެއް ތިޔަކަށް އިލެކްޝަން ތަބާވާކަށެއް ނުޖެހޭނެ ! ތިޔައެތި ހިފައިގެން ސްޕުރިމް ކޯޓަށް ދާންވީ ތިޔައެތި ބާތިލް ކަމަށް ކަންޑައަޅަން !